English Edition
Dhivehi Edition

ކޮވިޑް-19ގެ ބޮޑު ލޮޅުންގަނޑެއް މުޅި އިންޑިއާއަށް އައިސްފައިވާ މިދަނޑިވަޅުގައި އެގައުމުގެ އެތައް ހޮސްޕިޓަލެއްގެ އެނދުތައް ފުރި އޮކްސިޖަން ލިބުމަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑްބަލީގައި ފަރުވާ ނުދެވި އެތައް ބަޔަކު މަރުވަމުން ދާކަމަށް އެގަމުގެ ސިއްޙީ ވުޒާރާއިން ބުނެއެވެ.

އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ފިރިހަނަކު ކިޔާދިންގިތުގައި އޭނާގެ އާއިލާގައި އުޅޭ ހަތަރު މެންބަރުންކުރެ ދެމީހަކު ކޮވިޑް ބަލީގައި މަރުވެގެން ދިޔަ ހާދިސާގެ ހިތްދަތިކަން ދުވަހަކުވެސް ނުފިލާނެކަމަށެވެ. އޭނާ ކިޔައި ދިން ގޮތުގައި 60 އަހަރުގެ ބައްޕަ އަށް ކޮވިޑް ޖެހި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ހާލަތު ގޯސްވެގެން އޮކްސިޖަން ހޯދަން ރޮއެރޮއެ އޮތްވާ ނުލިބެނީސް ބައްޕަ މަރުވެއްޖެއެވެ. ބައްޕަ ފުރަތަމަ ހޮސްޕިޓަލަށް ގެންގޮސް ކޮވިޑް ނެގެޓިވް ކަމަށް ބުނި މައްސަލަ ވެސް އޭނާ ކުށްވެރި ކުރެއެވެ. ނެގެޓިވް ކަމަށް އެންގުމުން ގޭގެ އެހެން މީހުން ބަލި ޖެހިފައި ހުރެދާނެ ކަމަށް ނުބަލައި އުޅެނިކޮށް ބައްޕަ މަރުވިތަނާ 4 ދުވަސްފަހުން ދައްތަ މަރުވެގެން ދިޔައީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެންބިއުލާސްތެރޭގައި އޮކްސިޖަން ނުލިބި ކަމަށް އޭނާ ބުނެއެވެ. އަދި މިހާރު އާއިލާގައި ތިބި މަންމަ އާއި އޭނަ މި ހިތާމައިން ނައަރަނީސް މަންމަ ވަރަށްބަލިވެ އޭނަދަނީ މިވަގުތު މަންމަގެ ހާލަތު ބަލަހައްްޓަމުން ކަމަށް ބުންޏެވެ.

އިންޑިއާގެ ހާލަތު މިހާ ނާޒުކު އިރު އެތައް އާއިލާ އަކުން ދަނީ އެމީހުންގެ އާއިލީމީހުންނަށް ހޮސްޕިޓަލްތަކުން ފަރުވާ ނުދެވިގެން މަރުވާ މައްސަލަ ކުށްވެރި ކުރަމުންނެވެ. ސޯޝަލްމީޑިއާއިން ދައުރުވަމުން އަންނަ ވީޑިއޯތަކާއި މަންޒަރުތައް ފެނުމުން ހިތްފަޅައިގެންދާ ވަރުވެއެވެ. މުޅި އިންޑިއާ އަށް ކޮވިޑްގެ ބިޔަ ރާޅެއް އަރަފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީ އެގަމަށް މިވަނީ ބޭނުންވެފައެވެ.

އިންޑިއާއަށް އެހީވުމަށް މިހާތަނަށް ފްރާންސް އަދި އިނގިރޭސިވިލާން ފަށާފައިވާ ކަމަށް އިންޑިއާގެ ސިއްހީ ވުޒާރާގެ މާހިރުން މައުލޫމާތު ދެއެވެ. އެގޮތުން ފްރާންސް އިން އޮކްސިޖަން ދިނުމަށްފަށާފައި ވެއެވެ. އަދި އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވިދާޅުވީ އިންޑިއާއަށް އެހީތެރިވެވޭނެ ގޮތްތައް ބަލަމުންދާ ކަމަށާއިި ވަރަށް އަވަހަށް އެހީ ވުނުވާނެކަމަށެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރިގެން މަގުމަތީގައާއި އެމްބިއުލާންސްތަކުގައި މީހުންނަށް ފަރުވާ ދެމުންދާހާލަތައް އެގައުމުވަނީ ވެއްޓިފައެވެ. މިހާރު ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެ ފަރުވާ ނުދެވި ގިނަ ބަޔަކު މަރުވަމުންދާ މައްސަލައެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވެގެން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު މިހާރު އެގައުމުގައި އުޅެނީ ތިންލައްކަ ފަންސާސް ހާހާ ގާތްކުރާ އަދަދެއްގައެވެ. އިންޑިއާގެ ސިއްޙީ މާހިރުން ބުނަނީ ކޭސްތަކުގެ އަދަދު ކުރިއަށްއޮތް ދުވަސްތަކުގައި އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މޭމަހާ ހަމައަށް މިއަދަދު ބޮޑުތަނުން މަތިވާނެކަމަށެވެ.

މުޅި އިންޑިއާއިން މިހާތަނަށް ފެނުނު ކޮވިޑްގެ ކޭސްތަކުގެ އަދަދަކީ 17 މިލިއަންއެވެ. އަދި 192K މީހުން ވަނީ މިބަލީގައި މަރުވެފައެވެ.