އިންޑިއާއިން ބުރާސްފަތި ދުވަހު ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނިކޮށް އޭގެން %59 އަކީ ކޮވިޑްގެ މުޅިން އާވޭރިއެންޓެއް ކަމަށް ކަމާބެހޭފަރާތުން ބުނެފިއެވެ.
އައުވޭރިއެންޓްގެ %59 ސާމްޕަލަކީ އިންޑިއަން ވޭރިއެންޓް ސާރސް ކޯވް- 2 ގެ 716.1.B އެވެ. މި އައު ވޭރިއރންޓް ފެނިފައިވަނީ މަހަރަޝްތްރަ ސްޓޭޓުގެ ބައެއް ސަހަރައްދު ތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ނޭޝަނަލް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލްގެ ޑައިރެކްޓަރ ކަމަށްވާ ޑޮކްޓަރ ސުޖީތު ކުމާރު ސިންގް ބުނީ، 15133 ސާމްޕަލް މި ސަރަހައްދުން ނަގައި ލެބޯރެޓަރީގައި ޓްސްޓު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 1196 އަކީ ޔޫކޭ ވޭރިއެންޓް، 728 އަކީ އިންޑިއަން 716.1.B މިއުުޓޭޝަން، 29 އަކީ ސައުތް އެފްރިކަން ވޭރިއެންޓް ކަމަށެވެ. 728 އިންޑިއަން ވޭރިއެންޓްގެ ތެރެއިން 427 ސާމްޕަލް ޕޮޒިޓިވް ވެފައިވަނީ މަހަރާޝްތްރައިން ކަމަށެވެ.
ވައޮރިލޮޖިސްޓް ޑޮކްޓަރ ޝާހިދް ޖަމީލް ބުނެފައިވަނީ، ސެންޓަރ ފޯ ސެލިއުލަރ އެންޑް މޮލެކިއުލަރ ބައޮލޮޖީގެ ދިރާސާތަކުން ދައްކާގޮތުގައި އިންޑިއަން ވޭރިއެންޓް ސާރސް ކޯވް- 2 ގެ 716.1.B ކޮވިޑްގެ މި ވޭރިއެންޓް ކޮވިޝީލްޑް އަދި ކޮވެކްސިން އިން ރައްކާތެރިކޮށް ދޭނެކަމަށް ދައްކާކަމަށެވެ.
އިންޑިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އެގައުމުން ބުރާސްފަތި ދުވަހު 314،835 މީހުން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ އެގައުމުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އަދި މިއީ މިބަލީގައި ގައުމަކުން އެންމެ ގިނަ މީހުން އެއް ދުވަހާ ޕޮޒިޓިވްވި ކަމަށް ރިޕޯޓް ކުރި ދުވަހެވެ.