English Edition
Dhivehi Edition
އދ.ދިގުރަށް

އދ. ދިގުރަށުގައި މަރާލުމަށް ފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މަންމަކަމަށް ބެލެވޭ މީހާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުއްޓާ ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ ހައްޔަރު ކުރި މީހާއަކީ ބިދޭސީ އަންހެނެއް ކަމަށާއި އޭނާ ހައްޔަރު ކުރީ ފުރަން ގޮސް ހުއްޓާ ކަމަށެވެ.

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބުމާއެކު ފުލުހުން ހާއްސަ ޓީމެއް ވަނީ އެ ރަށަށް ގޮސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށާފައެވެ.

ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖަކު ދިގުރަށުން ފެނިއްޖެ

މައުލޫމާތު ލިބިފައިވާ ގޮތުން ދިގުރަށުގައި ދުވަސްފުރާ ވިހާފައިވާ ކުއްޖާއަކީ އެ ރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީލަންކާއަށް ނިސްބަތްވާ އަންހެނަކު ވިހެއި ކުއްޖެކެވެ.