English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް މިއަދު 30 މުޞްޙަފް ހަދިޔާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި އުރީދޫން ވަނީ މުޞްޙަފްގެ އިތުރުން 30 މުސައްލަ އާއި 30 ތަސްބީހަވެސް އެ ކައުންސިލަށް މިއަދު ހަދިޔާކޮށްފައެވެ.

މި ތަކެތި އުރީދޫ މޯލްޑިވްސްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރެއްވީ އެ ކުންފުނީގެ ސީނިއަރ ސޭލްސް ސުޕަވައިޒަރ- ސައުތު، ޢާއިޝަތު ޝަޒްނާ އެވެ. އަދި މިތަކެއްޗާ ކައުންސިލްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މޭޔަރ، ޢަބްދުﷲ ޞާދިޤެވެ.

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިއީ އައްޑޫގެ މިސްކިތްތަކަށް ބެހުމަށްޓަކައި އުރީދޫގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ. މިކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ އުރީދޫ އަށް ޝުކުރު އަދާކޮށްފައެވެ.