ކޮންމެ މީހަކުވެސް ކުރިމަތިލާންވާނީ އެމީހަކަށް ކުރެވޭ ވަރު ކަންކަމާއި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތް ޖަހައި މުޒާހަރާ ކުރުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް މެސެޖަކުން ދެންނެވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދުގެ މެސެޖުގައި ހުށަހެޅުއްވީ،2022 ވަނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް 2023ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަލަށް އިންތިހާބު ކުރާ މަަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށްވެސް ހަމަޖެއްސުމަށް ވެސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.
Thimaa beynun vaa haa gotheh aee enme ragalhu goiy kamugai nuvedhaane. Konme meehaku ves kurimathi laan vaany emeehakah kurevey varuge kamakaa. @MohamedNasheed aai enme gulheny magumathy sakaraaiy jahaa muzaahara kurun.
— Dr.Mohamed Iyaz (@dr_iyaz) April 18, 2021
ނަޝީދުގެ މި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ޑރ. އިޔާޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ތިމާ ބޭނުންވާހާ ގޮތެއް އެއީ އެންމެ ރަގަޅު ގޮތްކަމުގައި ނުވެދާނެކަމަށެވެ. އަދި ކޮންމެ މީހަކުވެސް ކުރިމަލާން ވާނީ އެމީހަކަށް ކުރެވޭ ވަރު ކަންކަމާކަމުގައި ޑރ. އިޔާޒު ވިދާޅުވިއެވެ. ނަޝީދު ޓެގް ކުރައްވާ ޑރ. އިޔާޒް ވިދާޅުވީ އެ މަނިކުފާނާއި އެންމެ ގުޅެނީ މަގުމަތީ ސަކަރާތްޖަހާ މުޒަހަރާކުރަން ކަމަށެވެ.