English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަ ވީއްލާގަޑިގައި ނުވަތަ ހާރު ކެއުމަށް ބޭނުން ކޮށްލެވޭނެ ފައިދާ ހުރި މީރު ރިހައެެއް ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 5 ބަށި
  • 2 ފިޔާ (ރިހައަށް ކޮށާހެން ކޮށާލައިފަ)
  • 2 ޓޮމާޓޯ ޕޭސްޓް ދަޅު (ކުޑަ)
  • ½ ސަމުސާ މުގުރި ފޮނިތޮށި
  • ½ ސަމުސާ މުގުރި ކާފުުރު ތޮޅި
  • 1 ސައިސަމުސާ މުގުރި ދިރި
  • ½ ސަމުސާ މުގުރި އަސޭމިރުސް
  • ½ ޖޯޑު ފުޑާފައި ހުރި ދިވެހި ހަވާދު
  • 5 ރާނބާފަތް ކޮޅު (ބުރިބުރިކޮށްފަ)
  • 4 ހިނކަދި ފަތް ކޮޅު
  • ރީނދޫ ކޮޅެއް
  • ލޮނު ކޮޅެއް
  • ތެޔޮ ފޮދެއް
  • 1 ޖޯޑު ކާށި ކިރު (ބޯކިރު) ތައްޔާރުކުރާނެ ގޮތް: ބަށި ކުދިކޮށް ކޮށާލައިފައި ރަހަ ލާވަރަށް ރީނދޫ ކޮޅެއް އަޅާފައި ކައްކާލާށެވެ. އެހެން ތެއްޔަކަށް ކުޑަ ތެޔޮ ފޮދެއް އަޅާފައި ފިޔާ،ހިނކަދިފަތް، ރާނބާފަތް ،އަޅާފައި ފިޔާ މީރު ކޮއްލާށެވެ. އެއަށްފަހު ފޮނިތޮށި، ކާފުރުތޮޅި، މުގުރި ދިރި، އަސޭމިރުސް، ޓޮމާޓޯ ޕޭސްޓް އަަދި ފުޑާފަހުރި ހަވާދުގަނޑު އަޅާށެވެ. މަޑު ގިނީގައި ހަވާދު ގަނޑު ކައްކާލުމަށް ފަހު ކައްކާފައި ހުރި ބަށި ކޮޅު ހަވާދު ގަނޑަށް އަޅާށެވެ. ބަށި ކޮޅު އެޅުމަށްފަހު މަޑު ގިނީގައި ދޭފަތަކުން ހަވާދު ގަނޑާއި ބަށި ކޮޅު ރަނގަޅަށް އެއްކޮށްލުމަށްފަހު ބޯކިރުކޮޅު އަޅާފައި ލޮނު ހެޔޮވަރު ކޮށްލާފައި މަޑު ގިނީގައި ކައްކާލާށެެވެ. ރަނގަޅަށް ރިހަ ގަނޑު ކެކުމުން އުނދުން ނިއްވާލާށެވެ. ބައްޓަކީ ކޮންމެ ދުވަހެއްގެ ކެއުމަށްވެސް ބޭނުން ކުރަން ރަނގަޅު ފައިދާ ހުރި ތަރުކާރީ އެކެވެ. އެހެނީ ބަށީގައި ވިޓަމިންސް އާއި މިނެރަލް އިންތިހާ އަށް ގިނައެވެ.އަދި ބައްޓަކީ ފައިބަރ ގިނަ ތަރުކާރީއެއް ކަމުން ހަޖަމުގެ މައްސަލަ ދިމާވާ މީހުންނަށް ހަޖަމް ކުރަން ފަސޭހަ ކޮށްދެއެވެ. އަދި ބަށީގައި ހިމެނޭ ޤުދުރަތީ ކެމިކަލްއެެއް ކަމަށްވާ ފައިޓޯނިއުރެންޓްގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުވުން ރަނގަޅު ކޮށްދީ ވިސްނުންތޫނު ކޮށްދީ ހަނދާން ވަރުގަދަ ކޮށްދެއެވެ.

2 ކޮމެންޓް
ރަދީފް
އޭޕްރީލް 19, 2021
ބަށި ކުދިކޮށް ކޮށާލައިފައި ރަހަ ލާވަރަށް ރީނދޫ ކޮޅެއް އަޅާފައި ކައްކާލާށެވެ.'' ކިތައް މިނިޓް ވޭތިކޮށް ކައްކާއް ވީ؟؟ ލިޔުނތެރިޔާ މިސުވާލާށް ޖަބާބު ދިނުން އެދެން.
ރަދީފް
އޭޕްރީލް 19, 2021
ސާބަހޭ ހާލިސާ.ކެއްކިމެއި ހިންނެޏެއި ފޮޓޯއެއިން ގޮތަށާ.މަހިތަށް ވަރަށް މީރި އެތައް ބަށި ރެހާކީ.މިގޮތަށް ކައްކާއް ޓްރައި ކެރާޝުން.