English Edition
Dhivehi Edition

އަޟްހާ އީދު 1441 ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫ އަދި މީދޫ ދެޓީމު ވާދަކޮށް ކުޅުނު ބަށިމެޗު މީދޫ ސިންދިތާ ޓީމުން ކާމިޔާބުކޮށްފިއެވެ

އިއްޔެ ހަވީރު ހުޅުދޫ ޒުވާނުންގެ މަރުކަޒުގެ ބަށި ކޯޓުގައި ކުޅުނު މި މެޗްގައި ބައްދަލު ކުރީ، ހުޅުދޫ ގޮމަޓީމާއި މީދޫ ސިންދިތާ ޓީމެވެ. މި މެޗް މީދޫ ޓީމުން ކާމިޔާބް ކޮށްފައިވަނީ 16 ލަނޑު 0 ފޯލިންނެވެ. ގޮމަޓީމުން ވަނީ 10 ލަނޑު 9 ފޯލި ހޯދައިފައެވެ.

ހުޅުދޫ ގޮމަޓީމް

ފޯރިގަދަ މިމެޗްގެ އެންމެ ގިނަ ބޯޅަ ހިފައިފައި ވަނީ މީދޫ ސިންދިތާ ޓީމްގެ ޖަޒްމީނާ އެވެ. އެގޮތުން ޖަޒްމީނާ ވަނީ 17 ބޯޅަހިފައިފައެވެ. މީގެ އިތުރުން އެނާވަނީ ޓީމަށް 68 ފޯލި ހަދަދީފައެވެ.

ބަށި ރާނީ އަކަށް ހޮވިފައިވަނީ ވެސް މީދޫ ސިންދިތާ ޓީމުގެ ޖަޒްމީނާއެވެ. ޖަޒްމީނާ އާއި ސޭޝް އަދި ޓްރޮފީ ހަވާލުކޮށް ދެއްވީ މި ހަފްލާގެ ޝރަފުވެރި މެހެމާނާ ފާތުމަތު އަލީ އެވެ.

މިއަހަރުގެ އީދު ކުޅިވަރު އިންތިޒާމްކޮށް ފައިވަނީ ހުޅުދޫ ހެލްޕިންގ ސޯޝަލް ކެއާ، ހުޅުމީދޫ ޕޮލިސް ގެ އިތުރުން ހުޅުދޫ ސޯޝަލް ސެންޓަރ އާއި ގުޅިގެންނެވެ. މި ފަދަ އިޖްތިމާއި ކުޅިވަރު ހަރަކާތް ތަކަށް އަބަދުވެސް ދެމުން އަންނަ އެއްބާރުލުން ހުޅުދޫ އައި މީދޫއިން ލިބިފައިވާ ކަން ފާހަގަ ކުރަމުން އެޗް.އެސް.ސީ ގެ ފަރާތުން ވަނީ ދެރަށުގެ ރައްޔިތުން ހިމެނޭގޮތަށް މި މުބަރާތް ބާއްވަން އެކިގޮތް ގޮތުން އެހީތރިވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފައެވެ.

މިއަހަރުގެ އީދު ފާހަގަ ކުރުމުގެ ގޮތުން އެޗް.އެސް.ސީ އިންވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މުބަރާތެއް ވެސް ބާއްވާފައެވެ.