English Edition
Dhivehi Edition

ތޫފާން މާރިއާ، އެމެރިކާގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއް ކަމަށްވާ ޕުއެޓެ ރީކޯ އަށް އަރައި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ ބޮޑުބަޔަކުން ކަރަންޓު ކަނޑައިގެން ގޮސްފިއެވެ.

މާރިއާ އެރަށަށް އަރާފައިވަނީ ރަށުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ޔަބުކޯ ސަރަހައްދުންނެވެ. އޭރު އެތައް ހާސް ބަޔަކު ދިޔައީ ރައްކާތެރި ހިޔާތަކުގައި ދިރިއުޅެމުންެނެވެ. ގަޑިއަކު 140 މޭލު ބާރު މިނުގައި ވައި ޖެހިފައި ވާއިރު އެރަށުގެ 90 އިންސަތަގައި ކަރަންޓު ނެތްކަމަށް ގަވަރުނަރު ރިކާޑޯ ރޮސެލޯ ބުނެފައިވާ ކަމަށް ނޫސްތަކުގައިވެއެވެ. ބާރު ވައިގެ ސަބަބުން ގިނަ އިމާރަތްތަކުގެ ކުޑަ ދޮރު ވަނީ އެއްލައިގެން ގޮސްފައެވެ. އަދި އުދަ އެރުމުގެ ސަބަބުން އަދި ބޯވިއްސާރައާއި އެކު ވަނީ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެފައެވެ.

މާރިއާ ޕުއެޓެ ރީކޯ އެރުމުގެ ކުރިން ވަނީ ޑޮމިނިކާ ކިޔާ ކެރިބިއަން ރަށަކަށް އަރާ އެރަށް އެއްކޮށްހެން ސުންނާފަތި ކޮއްލާފައެވެ. ފްރާންސްގެ ބެލުމުގައި ދަށުގައި އޮންނަ ގުއަޑަލޫޕައް މާރިއާ އެރުމުގެ ސަބަބުންވަނީ ދެމީހަކު މަރުވެފައި ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ. އެތޫފާން ވަނީ ކެޓަގަރީ 5 ގެ ތޫފާނެއް ގޮތުގައި ޔޫއެސް. ވާޖިން އައިލޭންޑްސް އަށް އަރާ 103000 މީހުންނަށް އަސަރު ކޮއްފައެވެ. އަދި ގޭގެތަކުގެ ފުރާޅު އެއްލާލައި ގަސްތައް ވަނީ ވެއްޓިފައެވެ.

މާރިއާގެ ސަބަބުން ބޮޑެތި ރާޅުތަށް ރަށުތެރެއަށް އަރައި ގެއްލުން ދިނުން އެކަށީގެންވާ ކަމަަށް ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެއެވެ. އަދި ބޯވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަށް ހިނގާފާނެ ކަމަށްވެސް އެސެންޓަރުން ބުނެއެވެ.

މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާރިއާ އަކީ 1928 ވަނަ އަހަރަށް ފަހު ޕުއެޓެރީކޯ އަށް އެރި އެންމެ ބާރު ގަދަ އެއް ތޫފާން ކަމަށެވެ. އެފަހަރުގެ ތޫފާނުގައި 300 މީހުން ވަނީ މަރުވެފައެވެ. މިއީ ކެރިބިއަން ސަރަހައްދަށް ތޫފާން އިރްމާ ޕުއެޓެ ރިކޯއަށް ސީދާ ނޭރި ނަމަވެސް އެރަށުގެ އުތުރަށް ވަނީ އަސަރު ކޮށްފައެވެ. އަދި ތިން މީހަކު ވަނީ މަރުވެފައެވެ. އިރްމާގެ ސަބަބުން ޕުއެޓެ ރީކޯގެ 70% އިން ކަރަންޓު ވަނީ ގޮސްފައެވެ.