އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި މީރު ފޮނިއެއްޗެއް ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެކެވެ. ޕީނަޓްބަޓަރ މަފިން އަކީ ޕްރޮޓީން ގިނަ މަފިންއެކެވެ. ކާއެއްޗެހީގެ ޕްރޮޓީން މަތި ވުމަކީ ބަނޑުހައި ހޫނުކަން އަވަހަށް ފިލައި އަވަސް އަވަހަށް ބަނޑުހައި ވިޔަ ނުދީ މިހާ ބަހައްޓާނެ ކަމެކެވެ. އެހެން ކަމުން ޔަގީނުންވެސް ބަރުދަން ލުއިކޮށްދޭން، މީހާ އަށް އެހީ ވެދޭނެއެވެ. ހަށިގަނޑުގެ ބުންވަރު ރަނގަޅު ކޮށްދީ ކަށި ވަރުގަދަ ވުމުގެ އިތުރުން ޕްރޮޓީން މަތި ކާއެއްޗެއް ކާލުމުން ލޭގެ ޕްރެޝަރުވެސް ދަށް ކޮށްދެއެވެ.
ބޭނުންވާ ތަކެތި:
ދޮންވެފައިވާ 2 ދޮންކެޔޮ (ޗިސްކޮށްފަ)
¼ މެޕްލް ސިރަޕް
½ ޕްލޭން ޔޯގަޓް
1 ކުކުޅު ބިސް
½ ތަށި ފުލް ކްރިމް ކިރު/ ލޯފެޓް ކިރު
½ ތަށި ކްރީމީ ޕީނަޓް ބަޓަރ
2 ސައިސަމުސާ ވެނީލާ އެސެންސް
¾ 1 ތަށި ފުށް
1 ސައިސަމުސާ މުގުރި ފޮނިތޮށި
1 ސައިސަމުސާ ބޭކިންގް ޕައުޑަރ
1 ސައިސަމުސާ ބޭކިންގް ސޮޑާ
¼ ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
425 ފެރެހެނައިޓް އަށް މަފިން ފިހާ އަވަން ހޫނު ކޮއްލާށެވެ. މަފިން ޓްރޭ ނެގުމަށްފަހު މަފިން ޓްރޭގައި ކުޑަ ބަޓަރ ކޮޅެއް ނޫނީ ތެޔޮ ކޮޅެއް އުނގުޅާލާށެވެ. އެއީ މަފިންތައް ފިހެވުމުން ފަސޭހައިން ނެގޭނެ ގޮތް ހެދުމަށެވެ. އެއަށް ފަހު މެދު މިނުގެ ބޯތައްޓަކަށް ޗިސްކޮށްފައި ހުރި ދޮންކެޔޮ ، މެޕްލް ސިރަޕް، ޔޯގަޓް، ބިސް، ޕީނަޓް ބަޓަރ ، ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ. ހުރިހާ ބާވަތެެއް ރަނގަޅަށް އޮމާންވަންދެން އެއްކުރާށެވެ. ވަކިން ބޮޑު ބޯތައްޓެއް ނަގާށެވެ. އެ ބޯތައްޓަށް ފުށް، މުގުރި ފޮނި ތޮށި، ބޭކިންގް ޕައުޑަރ ، ބޭކިންގް ސޮޑާ އަދި ލޮނު އަޅާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ކުރިން އޮމާންވަންދެން، މެދު މިނުގެ ބޯތަށީގައި އެއްކުރި އެއްޗެހި ތައްޓަށް އަޅާލައި ކިރުވެސް ފުށްގަނޑު ދިޔާ ނުވާވަރަށް އަޅާ އެއްކުރާށެވެ. ދިޔާ ވެއްޖެނަމަ މަފިން ފިހަން ޖެހޭ ގޮތަށް ނުފިހެވިދާނެއެވެ. ރަނގަޅަށް ފުށްގަނޑު އެއްވީމައި މަފިން ޓްރޭއަށް އައިސް ކްރީމް ސްކޫޕެއް ވަރަށް އެއްކޮށްލައިފައިވާ މަފިން ފުއްގަނޑު އަޅަމުން ދާށެވެ. ކުޑަ އުނދުޅިއަކުން ވެސް މަފިން ފުށްގަނޑު ޓްރޭއަށް އަޅަމުން ގެންދެވި ދާނެއެވެ. އެއަށްފަހު އަވަނަށް ފިހަން ލާށެވެ. 425 ޑިގްރީ ފެރެހެނައިޓް ގައި 5 މިނެޓް މަފިން ފިހެލުމަށްފަހު އަވަނުގެ ޓެމްޕަރޭޗަރ 325ޑިގްރީ ފެރެހެނައިޓް އަށް ދަށް ކޮށްލާށެވެ. އަދި އިތުރު 12 މިނެޓް މަފިން ފިހެލާށެވެ.