English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަވީއްލުމަށް ވަރަށް ރަނގަޅު އަދި ސިއްހަތަށް ފައިދާހުރި ބުއިމެއް ތައްޔާރުކުރާނެގޮތުގެ ރެސިޕީއެކެވެ. ރޯދަމަހު ރޯދައަށް ހުރުމަށްފަހު ކަދުރުން ރޯދަވީއްލުމަށްފަހު ދެން ބޭނުން ކުރަން ވާނީ ސިއްހަތަށް އެއްވެސް ގެއްލުމެއްނުވާ ފަދަ ފައިދާހުރި ކާނާއެކެވެ. އެހެން ކަމުން ރޯދަވީއްލުމަށްފަހު މި ޑްރިންކް ބޯލުމަކީ ސިއްޙަތަށް ވަރަށް ރަނަގޅު އަދި ފައިދަ ލިބިދޭނެ ކަމެކެވެ.

ބޭނުންވާތަކެތި:

އެއްތައްޓަށް:-

1 ދޮންކެޔޮ

1 ޕްލެއިން ގްރީކް ޔޯގަޓް

1/4 ޖޯޑު ފެން

ތައްޔާރުކުރާނެގޮތް:

ދޮންކެޔޮ، ޔޯގަޓް އަދި ފެން އެޅުމަށްފަހު ބްލެންޑަރުން މިތަކެތި ރަނގަޅަށް ގިރާލާށެވެ. ފިނި ކުރަނ ްބޭނުންނަމަ އައިސްކިއުބް އެޅިދާނެއެވެ. ރަނގަޅަށް ގިރާލެވުމުން ތައްތަކަށް އެޅުަމށްފަހު ސާރވް ކުރާށެވެ.

ނޯޓް: މިޑްރިންކް ތައްޔާރު ކުރަން އެންމެ ރަނގަޅީ ރޯދަވީއްލާ ގަޑި ކައިރި ވުމުންނެވެ.