ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޙިދުމަތްތައް މިއަހަރުގެ ރަމަޟާން މަހަށް ތާވަލުކުރެވިފައިވާ ގޮތްތައް އާއްމުކޮށްފިއެވެ.
ހުވަދުއަތޮޅުގެ ގިނަ ބަޔަކު ޙިދުމަތް ހޯދަމުން އަންނަ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާންމުކޮށް ބަލިމީހުން ބެލުމުގެ ޙިދުމަތް މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހާއި ހަމައަށް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:15 ގައެވެ.
އާންމު ބަލިތަކުގެ ޑޮކްޓަރުން ހެނދުނު 09:15 އިން 11:30 އަށް އަދި ޙާއްސަ ބަލިތަކުގެ ޑޮކްޓަރުން 09:15 އިން ފެށިގެން ރޭގަނޑުގެ 20:00 އާއި ހަމައަށް އެހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާނެއެވެ.
ޑޮކްޓަރަށް ދެއްކުމަށް ނަންބަރު ނޯޓްކުރުން ހުކުރު ދުވަހުގެ ހެނދުނު 08:00 އިން ފެށޭއިރު ހެނދުނު 08:30 އިން ފެށިގެން ނަންބަރު ދޫކުރުން ފެށޭނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ހުވަދުއަތޮޅުގެ ގިނަ ބައެއްގެ އިތުރުން އެހެނިހެން އަތޮޅުތަކުގެ ބަލިމީހުން ވެސް ޑޮކްޓަރަށް ދެއްކުމުގެ ޙިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.
އެހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ޙިދުމަތްތައް ފުޅާކުރުމުގެ ގޮތުން 14 ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ އޭރިޔާ އަކާއި، 2 ލޭބަރ ސޫޓް ހިމެނޭ ލޭބަރ ރޫމް އަކާއި، އެން.އައި.ސީ.ޔޫ، 4 ޕްރައިވެޓް ރޫމް އަދި މިހާރުގެ އޯ.ޕީ.ޑީ އޭރިޔާ އީއާރަކަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައެވެ.