English Edition
Dhivehi Edition

ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން، މި ބަރަކާތްތެރި މަހުގައި އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، އުރީދޫއިން ޚާއްޞަ އޮފާރތަކެއް މިއަދު ތަޢާރަފްކޮށްފިއެވެ.

މިބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާ ޚައްޞަ ޚިދުމަތްތަކުގެ ތެރޭގައި މޫލީ މެދުވެރިކޮށް ސުޕަރނެޓް ރައުޓަރސް ގަންނަ ފަރާތްތަކަށް %40 ޑިސްކައުންޓް ލިބޭނެއެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިބެގެން ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމުވެސް ވަނީ ފަހިކޮށްފައެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށް ވެސް އެމް-ފައިސާ އެޕް ބޭނުންކޮށްގެން ލިބޭނެ ކަމަށް އުރީދޫއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލައްވާށެވެ.

ވައިބަރ އަދި އެސްއެމްއެސް މެދުވެރިކޮށް ލިބޭ ނަމާދު ވަގުތުތަކުގެ އެލަރޓަކީވެސް މިއަހަރު ލިބިގެންދާނެ އިތުރު ފަސޭހައެކެވެ. މިކަމާގުޅޭ ސްޓިކަރ ޕެކް ޑައުންލޯޑް ކޮށްގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެވޭނެއެވެ. ނަމާދު އެލަރޓް އެސްއެމްއެސްގެ ގޮތުގައި ހިލޭ ހޯދުމަށް “GO“ ޖެއްސެވުމަށްފަހު 4777 އަށް މެސެޖް ކޮށްލައްވާށެވެ.

ރީތިޓިއުންސް “Ramadan” ޖައްސަވާފަ 4000 އަށް މެސެޖް ކޮށްގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ޤުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ވިދާޅުވީ އުރީދޫގެ ޕްރޮޑަކްޓްތައް އަދި ޚިދުމަތްތައް މެދުވެރިކޮށް ހެޔޮ އަގުގައި ބޮޑެތި ފައިދާތަކެއް ލިބި ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ޑިޖިޓަލް ކޮށް ގުޅުވާލަދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

“ރަމަޟާން މަހުގެ ބަރަކާތް ލިބިގަތުމަށް ކުރެވޭ އަޅުކަމުގެ އިތުރުން އާއިލާއާއި ރައްޓެހިން އަދި އަވަށްޓެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަކީ ވެސް މުސްލިމުންގެ ސަޤާފަތުގައި ހިމެނޭ މުހިންމު ރިވެތި ސިފައެކެވެ. އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް އަދި ޚިދުމަތްތައް މެދުވެރިކޮށް ހެޔޮ އަގުގައި ބޮޑެތި ފައިދާތަކެއް ލިބި ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާލަދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.” އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.