English Edition
Dhivehi Edition

“ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް”ގެ ދަށުން 45 މީހަކަށް އެމްޕީއެލްގައި ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓިވެޓް އޮތޯރިޓީ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްޕީއެލް އިން ހިންގާ ޕްރޮގްރާމްގެ ތަމްރީނުގެ މުއްދަތުގައި ކޮންމެ މަހަކު އެލަވެންސެއްގެ ގޮތުގައި 5،000ރ. ލިބޭނެ ކަމަށް މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނިން ބުންޏެވެ.
އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ލިބޭ މި ޕްރޮގްރާމުގައި ބައިވެރިވާން އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހެވެ.
އެމްޕީއެލްގައި ތަމްރީނު ހާސިލް ކުރުމަށް ހުޅުވާލާފައިވާ ދާއިރާތައް:

* ފޮޓޯގްރާފަރު، 1 ސްލޮޓް
* ހެވީ ވެހިކަލް އޮޕަރޭޓަރު، 22 ސްލޮޓް
* ވެލްޑަރު، 7ސްލޮޓް
* ކާޕެންޓަރު، 4 ސްލޮޓް
* މޭސަން، 4 ސްލޮޓް
* އެޑްމިނިސްޓްރޭޓިވް އޮފިސަރު، 3 ސްލޮޓް
* އެއާ ކޮންޑިޝަނިން ސާވިސް އެންޑް ރެފްރިޖަރޭޝަން، 4 ސްލޮޓް

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އެޕްރެޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންނަށް އެ ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.