English Edition
Dhivehi Edition
މީދޫގައި ހެދުމަށް ތައްޔާރުވަމުން އަންނަ މިސްކިތުގެ ކުރެހުން
އައްޑޫސިޓީގެ މީދޫގައި ހެދުމަށް ހަމަޖެހިފައިވާ 700 މީހުންގެ މިސްކިތުގެ ކުރެހުންތައް ނިމި ފައިނަލް ވެފައިވާ ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ
ސޯޝަލް މީޑިއާގައި ރޮޒޭ ވިދާޅުވެފައިވަނީ މިސްކިތުގެ ކުރެހުންތައް މި ހަފްތާގެ ތެރޭގައި ފިނެންސަށް ފޮނުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ މައުލޫމާތު ދެއްވަވާ ކަމަށެވެ.
މިސްކިތުގެ މަސައްކަތް ޕްރީ ޓެންޑަރިން މަރުޙަލާގައިވާއިރު ކޮންސެޕްޓް ޑްރޯވިންގ އެޕްރޫވް ކުރެވި، ޓެންޑަރ ކުރުމަށް ބޭނުންވާ ޑިޓެއިލް ޑްރޯވިންގ އަދި ބީއޯކިއު ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނި ޖުމުލަ 7,095,000.00ރުފިޔާ ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން ހެދުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ.
ރޮޒޭ ވިދާޅުވީ ރައީސް ސާލިޙްގެ އަރިހުން ރޮޒޭ އެދިލެއްވެވި ހުރިހާ ކަމެއް ވެސް މި ދަނީ ބަޖެޓް ކުރެވި ހަގީގަކަށް ވަމުން ދާ ކަަމަށެވެ