English Edition
Dhivehi Edition

ފްލެޓްގެ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

ފްލެޓްގެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއެވެ ފްލެޓު ލިބޭ 661 އަށް ވުރެ ގިނަ މީހުންގެ ފޯމް ނަންބަރު ހިމަނައިގެން އާންމުކޮށްފައިވާ ލިސްޓްގެ މައްސަލާގައި ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދާއިރު އިދިކޮޅު މަޖިލީސް މެމްބަރުން ވިދާޅުވެފައިވަނީ، މިއީ ދެފުށް ފެންނަ ގޮތަށް ދޫކުރެވުނު ތަންތަން ކަމުގައި ކަށަވަރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއްކަމުގައެވެ.

މިއަދު ރޮޒައިނާ އާދަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާދަމާ ހެނދުނު 10:30 ގައި ބޭއްވުމަށް އެޖެންޑާ ކޮށްފައިވާ ކޮމެޓީ ބައްދަލުވުން ބޭއްވުން ކެންސަލް ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ ކުރިން މަޖިލީހުގެ މެމްބަރުންވަނީ މި މައްސަލައިގައި ހައުސިން މިނިސްޓަރ އާއި ބައްދަލުކުރެއްވުމަށް މަސައްކަތްކޮށްފައެވެ