English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ ލާންސްކޯޕްރަލް ޙުސެއިން ފާރިޝް/ފޮޓޯ އެމްއެންޑީއެފް

ލ. ކައްދޫގެ އިރުމަތީ ފަރާތުން މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ސިފައިންގެ ލާންސްކޯޕްރަލް ހުސައިން ފާރިޝް ކަމަށެވެ.

މިހާދިސާގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:40 ގައެވެ.

އޭނާ މޫދަށް ފޭބީ ސިފައިންގެ އިތުރު 3 މީހުންނާ އެކު އޮފްޑިއުޓީގަޑީގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

ގެއްލުނު ހުސައިން ފާރިޝް އޮއިގަނޑެއްގައި ޖެހި އަޑިއަށްދާން ފެށުމުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކުރި ސިފައިންގެ އެހެން މީހަކުވެސް ގެނބިގެން ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުން ގެންދާ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މިޙާދިސާގައި ގެއްލުނު ސިފައިންގެ ލާންސްކޯޕްރަލް ހުސައިން ފާރިޝް ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.