މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ރީދޫ އެލާޓް ނެރެފައިވަނީ ގއ.އަތޮޅުން އައްޑޫ ސިޓީއާ ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 2:30 އާއި ހަމައަށެވެ.
ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ހުރިހާ ފާރާތްތަކުން، ހާއްސަކޮށް ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
Torrential rain and thunderstorms with gust winds of 45 mph expected. pic.twitter.com/kmDmRC2LNi
— Maldives Meteorology (@MetMaldives) March 28, 2021