English Edition
Dhivehi Edition

އައްޑޫސިޓީގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ނިޔަމި ކޯސް 2” ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާއަށް ނުވަތަ އަވަށު އޮފީސްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ފޯމް އަވަށު އޮފީސްތަކުންނާއި އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން، ރަސްމީގަޑީގައި ލިބެންހުންނާނެކަމަށް ކައުންސިލް އިދާރާއިން ވަނީ ވިދާޅުވެފައެވެ

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ހިތަދޫގައި އޮކްޓޯބަރު މަހުގެ ތިންވަނަ ހަފްތާގައެވެ. އަދި މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ނިޔަމި ކޯސް ފުރިހަމަ ކުރިކަމުގެ ސަނަދު ދެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ