ގއ. ވިލިނގިލި ފެރީޓާމިނަލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ،
ވިލިނގިއްޔަށް ލަފާފުރާ އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވިލިނިގިއްޔަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ދަތުރުވެރިންނަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ޚިދުމަތް ދިނުމަށްޓަކައި ވިލިނގިލީގައި މިހާރު ގާއިމްކުރެވިފައިވާ ފެރީޓާމިނަލް މަރާމާތު ކުރުމަށް، ދިވެހި ސަރުކާރުގެ ގަޒެޓްގެ އިޢުލާން ނަންބަރު 241-B/241/2021/5(IUL) ގައިވާ ގޮތުން އެ އިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މި އިޢުލާނުގައިވާ ގޮތުން، ބިޑް ހުށަހެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 25 މާރޗް 2021 އިން ފެށިގެން 08 އެޕްރީލް 2021 ގެ ނިޔަލަށް އަތޮޅު ކައުންސިލް އިދާރާގައި ރަޖިސްޓްރި ކުރަން ޖެހެއެވެ. އަދި މި މަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މަޢުލޫމާތު ދެވޭނީ އީމޭއިލް މެދުވެރިކޮށް ކަމަށާއި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކުންފުނިތަކާއި، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރީއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންކަމަށް ބުނެފައިވެއެވެ.
މި މަސައްކަތަށް މަޢުލޫމާތު ދެވޭ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށަހަޅަންޖެހޭ ތާރީހް ތިރީގައި އެވަނީއެވެ.
ތަފްސީލް | ތާރީޙް | ވަގުތު | ތަނުގެ ނަން |
ޕްރީބިޑް މީޓިންގ | 15 އެޕްރިލް 2021 | 130؛10 | ގއ އަތޮޅު ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން | 20 އެޕްރީލް 2021 | 00؛11 | ގއ. އަތޮޅު ކައުންސިލް އިދާރާ |