English Edition
Dhivehi Edition

ގއ. ކޮލަމާފުށީގައި ހުންނަ މަސްޖިދުއް ޝެޢިޚް އާދަމް ސަޢީދު މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ކޮލަމާފުށީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަސްޖިދުއް ޝެޢިޚް އާދަމް ސައީދު މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނު ނަންބަރު (IUL)406-csms-m/INDIV/2021/8 (17 މާރޗް 2021 ) އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފްކުރުމަށް ވަޑައިގެންފައިނުވާތީވެ، އެ ޢިއުލާން ބާތިލްކޮށް އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިޢުލާންކުރާ ކަމަށެވެ.

މި އިޢުލާންގައިވާ ގޮތުން، މި މަސައްކަތް ކޮށްދިނުމަށް ޝަޢުގުވރިވާ ފަރާތްތަކުން 22 މާރޗް 2021 ވާ ހޯމަ ދުވަހުގެ 00؛13 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 29 މާރޗް 2021 ވާ ހޯމަ ދުވަހުގެ 00؛13 އަށް އންދާސީ ހިސާބު ހުށައެޅުއްވުން އެދޭކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރީއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން ކަމަށްވެސް އެ އިޢުލާނުގައިވެއެވެ. އަދި މީގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރި ކޮށްފައިވާކަމުގެ ލިޔެކިޔުންތައް ހުށަނާޅާނަމަ އަންދާސީ ހިސާބް ބަލާނުގެނެވޭނެ ކަމަށާއި މަޢުލޫމާތު ދިނުމުގައި ބައްދަލުވުމުގައި ބައިވެރިނުވާ ކުނފުނިތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.