English Edition
Dhivehi Edition
Gadhdhoo island in Gaafu Dhaalu Atoll, Maldives

ގދ.ގައްދޫ ސިއްޚީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވާގޮތުގއި ގައްދޫ ސިއްޚީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރުވަނީ ނިންމާލެވިފައެވެ. އެގޮތުން މިޕްރޮޖެކްޓަށް ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ ދިރާސާތަކާއި އިމާރާތުގެ ކުރެހުން އަދި ބީއޯކިއު ތައްޔާރުކުރެވިފައިވާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ގދ.ގައްދޫގެ އިތުރުން ރާއްޖޭގެ 11 ރަށެއްގެ ސިއްޚީ މަރުކަޒެއް ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހއ.އިހަވަންދޫ, ހއ.ހަޯރަފުށި, ހދ.ހަނިމާދޫ, ށ.މލަންދޫ, ނ.ވެލިދޫ, ނ.ކެދިކުޅުދޫ, ބ.ތުޅާދޫ, ޅ.ހިންނަވަރު, ފ.ނިލަންދޫ, ތ.ވިލިފުށީ އަދި އދ.މާމިގިލީ ހިމެނެއެވެ.