English Edition
Dhivehi Edition

ގައިދުރުކަން ބަހައްޓަން ޖެހި ދަތުރު ފަތުރު ކުރުމަށް ހުރަސްތަކެއް ދިމާވެފައިވާ މި ދުވަސްވަރު މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތިގަތުމަށް ވިޔަފާރިކޮށްލުމުގެ ފުރުޞަތު މޫލީއިން ހުޅުވާލައިފިއެވެ. ރައްކާތެރިކަމާއެކު ގޭގައި ތިބެގެން މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްދޭނެއެވެ.

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް، މަގްބޫލުކަން ހޯދަމުން އަންނަ އީކޮމާރސް ޕްލެޓފޯރމް މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްލެވޭނެ ކަމަށް އެޓީމުންވަނީ ވިދާޅުވެފައެވެ.

މޫލީ މެދުވެރިކޮށް ރޯދައަށް ވިޔަފާރިކޮށްލުމަށް:

  • އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
  • ޝޮޕް ހިޔާރުކުރެއްވުމަށްފަހު ROADHA ESSENTIALS ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރުކުރައްވާ
  • ބޭނުންވާ އައިޓަމް ހިޔާރުކުރެއްވުމަށްފަހު ADD TO CART އަށް ފިތާލައްވާ.
  • ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
  • ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
  • އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ، އަލަށް ތަޢާރަފްކުރި މި ސެކްޝަންގައި، ބާބަކިއު ގްރިލް، އިލެކްޓްރިކް ގްރިލް، އަވަން، ރައިސް ކުކަރ، ކޮފީ މޭކަރ، ޕޮކެޓް ރޭޑިއޯ، އިސްތިރި ފަދަ އެތަކެއް އައިޓަމެއް ވަނީ ހިމަނާފައެވެ. އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ މި ޕްރޮޑަކްޓް ތަކަކީ އިތުބާރުހިފޭ މަރޗަންޓުން ޕްލެޓފޯރމްގައި ފީޗަރ ކުރައްވާ ޕްރޮޑަކްޓްތަކެވެ. އަދި ކުރިއަށް އޮތްތަނުގައި ގިނަ މާރޗަންޓުންނާއިއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެ ކަމަށް މޫލީ ޓީމުން ހާމަކުރެއެވެ.

މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތް ކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށްވެސް އެފަރާތުންވަނީ ހާމަކޮށްފައެވެ.