English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ އަލީފް- އޭއޯ ނިއުސް

ފުވައްމުލައް ސިޓީގެ ހޯދަޑު އަވަށުގައިއަލަށް ޢިމާރާތް ކޮށްފައިވާ ސަބްސްޓޭޝަނަށް ހައިވޯލްޓޭޖް ކޭބަލް ގުޅުމުގެ މަސައްކަތް ކުރިއަށްދާ ގަޑިތަކުގައި ފުވައްމުލަކުގެ 2 އަވަށަކުން 6 ގަޑި އިރަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަން ޖެހޭނެ ކަމަށް ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗުން ބުނެފިއެވެ.

ފުވައްމުލަކު ބްރާންޗުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 21 މާރޗް ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އާއި ދެމެދުގެ ގަޑިތަކުގައި ކަރަންޓް ކަނޑާލައިގެން މަސައްކަތް ކުރަން ޖެހޭތީ ދަޑިމަގު އަވަށާއި ހޯދަޑު އަވަށުގެ ބޮޑު ބަޔަކުން ޚިދުމަތް ކެނޑޭނެ ކަމަށެވެ.

9:00 އިން ފެށިގެން 15:00 އަށް ދަޑިމަގު އަވަށުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ފިނިވާގެ އިންފެށިގެން މާތެރެގަނޑު، ޑޭޒީމާގެ، އޯކިޑުމާގެ، މާވާގެ، އާޒާދުވާދީ، ގާޑަންހައުސް، ވައިމަތީގެ، ވާރޭވިލާ، ޔާގޫތުގެ، ހުޅަގުގެ، ސަންސެޓް، ވިލާޑިސޯސަން، ދަޑިމަގުފުލެޓްތައް، ބިއްސާވެލި، ސޫރަޖް، ނިރު، ނަޝޭމަން، ގާޑަންގޭޓް، ފްލޭޝް، މަނާމް، މުނިޔާ، ވާނާ، ފިނިވެލި، އާމީ، އަކުފާ، ކާލި، ކަންފި، ގެއްމިސްކިތް، ޕެބްލްސް އަދި ދަޑިމަގު ދަނޑުބިން ހިމެނޭ ސަރަޙައްދުން ކަމަށް ފެނަކަ އިން ބުނެއެވެ.

މި ގަޑިތަކުގައި ހޯދަށު އަވަށުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ އިތާ، ފެހިއަލި، ނިޔާޒް، ޒީނަތުމަންޒިލް، ހުދުހުދާގެ، ވައިފިލާގެ، މަނާގެ، ކޮވެލި، ވެލިރަންގެ، މެދުގެ، ދޮންދޫމިގެ، ގުއްލަލާގެ، ސިވިލައިޒް، ގިނަމާގެ، މަތެރެސްމާގެ، ބާޒް، ގުލްހަޒާރުގެ، ތުނިވެލި، ބަންޑާރަވިލާ، ކާމުރަނގަމާގެ، ޏަމްޏަމްގެ، ވިލިވަރު، ނޯވެލް، ރަބާތު، ވެސްޓް، ލާސްޓް، ރިވާ، ސޫނާ، އާފެހި، ހެޕީ، ރިއަލް، ހާޓް، ލޯޔަލް، އަދި ހޯދަޑު ދަނޑުބިން ހިމެނޭ ސަރަޙައްދުން ކަމަށް ވެސް ފެނައިން ވަނީ ބުނެފައެވެ.

ފެނަކަ އިން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެއްވެސް ސަބަބަކާއިހުރެ ކަރަންޓް ކެނޑޭގޮތް ދިމާވެއްޖެނަމަ ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް (ކަރަންޓް އައުމުގެ ކުރިން) ބޭނުންކުރައްވާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް ނިއްވާފައި ބެހެއްޓެވުމަކީ ރައްކާތެރި ކަމެއްކަމުގައި ދަންނަވާ ކަމަށާއި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ފަރާތުން މަޢާފަށް އެދޭ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 6865009 ނަމްބަރ ފޯނާއި ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެކަމަށް ވެސް ފެނަކަ ފުވައްމުލަކު ބްރާންޗުން ވަނީ ބުނެފައެވެ.