English Edition
Dhivehi Edition

އައިޖީއެމްއެޗްގައި ދުވަސް ނުފުރާ ވިހެއި ކުޑަ ކުއްޖަކު މަރުވަންދެން ފަރުވާ ނުދީ ބޭއްވި ކަމަށް ތުހުމަތުކޮށް އާއިލާ އިން އެ މައްސަލަ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅަން ނިންމައިފިއެވެ.

ދުވަސްނުފުރާ ވިހެއި ކުއްޖަކަށް ހޮސްޕިޓަލުން އިހުމާލުވެފައިވާ މައްސަލަ ފެންމަތިވެ، އެ ކުއްޖާގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ބަނޑަށް ފަސް މަހުގައި ބަނޑުގައި ރިއްސާތީވެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދިއުމުން ދެދުވަސް ވަންދެން އެނދުމަތި ކޮށްފައި ބޭއްވުމަށްފަހު އެ ކުއްޖާ ވިހާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:15 ގައެވެ. އަދި އެ ކުއްޖާއަށް ފަރުވާ ނުދީ ބޭއްވުމުގެ ސަބަބުން އެ ރޭ މެންދަމު އެ ކުއްޖާ ނިޔާވެފައިވާއިރު، ހޮސްޕިޓަލުން އެ ކުއްޖާއަށް އެއްވެސް އިތުރު ފަރުވާ އެއް ދެވެން ނެތްކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗް ގެ ބަހެއް އަދި ލިބިނުވާއިރު މި މައްސަލަ ބަލާނެ ކަމަށް ހެލްތް މިނިސްޓްރީންވަނި ބުނެފައެވެ.