English Edition
Dhivehi Edition

އުއްމީދަކީ ރޯދައިގެ ކުރިން ގއ ކޮނޑޭގެ މަގުބައްތިތަށް މަރާމާތުކޮށް މުޅިރަށް އަލި ކޮށްލުންކަމަށް އެރަށުކައުންސިލްގެ ރައީސް އަޙުމަދު ޢަބްދުލް ޙަކީމް ވިދާޅުވެއްޖެއެވެ.

އޭއޯ ނިއުސް އަށް މަޢުލޫމާތު ދެމުން ޙަކީމް ވިދާޅުވީ، މި މަސައްކަތަކީ މަގު ބައްތި ނެތުމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުދަގޫތަކަށް ހައްލެން ހޯދައިދިނުމަށް ފަށައިފައިވާ މަސައްކަތެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން އާއި ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި ގެމަނަފުށީ ދާއިރާގެ އެމްޕީ އަޙުމަދު ސަޢީދުގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވަމުން ވިދާޅުވީ، މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 50 ހޮޅިދަނޑި އެމްޕީ ހަދިޔާކުރައްވާފައިކަމަށް ވާކަމަށެވެ.

ކޮނޑޭގައި ގިނަ ޕްރޮޖެކްޓް ތަކެއް ގެ މަސައްކަތް މިއަހަރުތެރޭގައި ވެސް ރާވާ ހިންގުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް ކޮނޑޭ ކައުންސިލްގެ އިސްނެގުމުގެ މަތިން ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަން ފާހަގަ ކޮށްލެވެއެވެ.