ހައުސިން މިނިސްޓްރީގެ އައްޑޫސިޓީގެ ކޯޑިނޭޓަރަަކަށް ހަސަން ނާޒިލް ހަމަޖައްސައިފި އެވެ. “މުލައްޑޫ” ނާޒިލްގެ ނަމުގައި ގިނަ ބަޔަކު ދަންނަ ފޭދޫ ނާޒިލް މާދަމާއިން ފެށިގެން ރަސްމީކޮށް ވަޒީފާއަށް ނިކުންނަވާނެއެވެ. މިދިޔަ ހަފްތާގައި ނާޒިލް ކޯޑިނޭޓަރަކަށް ހަމަޖެއްސިކަން އަންގަވާފައިވާއިރު ރަސްމީކޮށް އެމަގާމަށް ނާޒިލު ހަމަޖައްސެވިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ނާޒިލު މި މަގާމަށް ހަމަޖެއްސެވީ ކުރިން ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް ، އެ މަގާމުން ވަކި ކުރައްވާފައިވަނިކޮށެ. ފައިސަލް އެމަގާމުން ވަކިކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ.