English Edition
Dhivehi Edition

ކޮނޑޭގައި އިރުގެ އަލިން ކަރަންޓް އުފެއްދުމުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ . ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ހުސައިން ރަޝީދު މިހެން ވިދާޅުވީ ދިވެހި ސަރުކާރުން ގއ ކޮނޑޭގައި ޤާއިމު ކޮށްފައިވާ ވާރޭ ފެނުގެ ނިޒާމް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރުމަށް ކޮނޑޭ ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ. މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސޯލާ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ބަޖެޓްވެސްވަނީ މި ސަރުކާރުން ހޯދައިދީފައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ފެނަކަ އެމްޑީ ސައީދު ގެ އިތުރުން ގެމަނަފުށީ ދާއިރާގެ އެމްޕީ އަޙުމަދު ސަޢީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ މި ދެބޭފުޅުންގެ ވާހަކައިގައި އެމްޑީޕީ ކެނޑިޑޭޓުންނަށް ވޯޓް ދެއްވުމަކީ ތަރައްޤީ ގެނައުމަށް އިތުރަށްފަސޭހަވެގެންދާނެ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.

ގއ ކޮނޑޭ އަކީ އާބާދީ މަދު ރަށެއްނަމަވެސް މި ފަހަކަން އައިސް ތަރައްޤީ ގެ ކުލަވަރު ޖެހެމުން އަންނަ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ގއ އަތޮޅު ކައުންސިލާއި ކޮނޑޭ ކައުންސިލް ގުޅިގެން ހަދާފައިވާ ކުޑަކުދިންގެ ޕާކް، އަދި ފެނަކަ ކޯޕަރޭޝަން ކޮނޑޭ ބުރާންޗަށް KW 200ގެ ޖަނަރޭޓަރެއް ގެނެސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.