English Edition
Dhivehi Edition

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 2،000 ހައުސިންގ ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން އާއި އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި ދެމެދު ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފަހި ދިރިއުުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރެވެ. އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ޖޭއެމްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައްރީ ސުދައްކަރާ ރެޑީ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ 600 އެޕާޓްމެންޓް އެޅުމަށް ވަނީ ނިންމާފައެވެ. އަދި 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1400 އެޕާޓްމެންޓް މި ޕްރޮޖެކްޓްގެ ދަށުން އެޅުމަށް ވަނީ ހަމަޖެހިފައެވެ،

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ނިންމަން ދީފައި ވަނީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ. މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 137 މިލިއަން އެމެރިކާ ޑޮލަރެވެ.