English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑު އިންފުރާސްޓްރަކްޗަރގެ އެގުޒެކްޓިވު ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕުލޭނިންގ ހައުސިން އެންޑު އިންފުރާސްޓްރަކްޗަރގެ އެގުޒެކްޓިވް ޑިރެކްޓަރ ގެ މަގާމަށް މިއަދު އައްޔަންކުރެއްވީ ގއ ވިލިނގިލީ އަހާޝް، އަމީޒު ހަސަން އެވެ.

އަމީޒު ހަސަން އަކީ މީގެ ކުރިން އެމް އާރު ޑީސީ ގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަސްއޫލިއްޔަތުވެސް އަދާކޮށްފައިވާ ބޭފުޅެކެވެ. އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން އަމީޒު ވިދާޅުވީ، އެންމެ ބޮޑު އުއްމީދަކީ, މުޅި އަތޮޅަށް ޚިދުމަތް ދެވޭފަދަ ފެންވަރުގެ ޕަބްލިކު ވޯކްސް ޔުނިޓެއް ގއ ވިލިނގިލީގައި ގާއިމުވެގެން ދިއުން ކަމުގައެވެ. އަދި ލިބޭ އެންމެ ބޮޑު ހިންހަމަޖެހުމަކީ އެމްޑީޕީގެ ލޮބުވެތި މެމްބަރުންގެ ފަރާތުން ލިބޭ އިޙްތިރާމާއި ލޯބި ކަމަށް އަމީޒާ ވިދާޅުވިއެވެ.

އަމީޒަކީ މިހާރުވެސް އެމްޑީޕީ ގއ ވިލިނގިލީގެ ނާއިބުރައީސް ކަމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ދާއިރާ ކުރި އެރުވުމުގަ ބުރަކޮށް މަސައްކަތް ކުރައްވާ ވަރަން ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ބޭފިޅެކެވެ.