ލިޔުނީ: އައިޝަތު ޝުމެއިން/ޝަމްސުއްދީން ސްކޫލް މީޑީއާ
އިމްތިޙާނަކަށް ތައްޔާރު ވަނީ ހެއްޔެވެ؟ އެހެންވިއްޔާ މިއީ ތައްޔާރުވުމަށް އެހީ ވެދާނެ 10 ގޮތްތަކެކެވެ.
ތިމާ ކިޔަވާ ހަދާ މޭޒު އޯގަނައިޒް ކުރުން:
ކިޔަވަން ގެންގުޅޭ ފޮތްތަކާއި ނޯޓްސްތައް މޭޒު މަތީގައި އަތުރާލާށެވެ. އިށީންނަ ގޮނޑި އަރާމު ހެއްޔެވެ؟ ރަނގަޅަށް އަލި އެބަ ލިބޭ ހެއްޔެވެ؟ މިއީ ތިމާގެ ސަމާލުކަން ކިޔެވުމަށް ދާނެ މުހިންމު އުކުޅެކެވެ. ކިޔަވާ މާހައުލު ކިޔެވުމާ ގާތް ވާނެހެން ކިޔަވާ ކޮޓަރި އަދި މޭޒު ތަރުތީބު ކުރަން އާދަ ކުރާށެވެ.
ފްލޯ ޗާޓުތަކާއި ޑައިގްރާމްތައް ބޭނުން ކުރުން:
ފެނޭ އެހީތަކަކީ ތިމާއަށް ވަރަށް އެހީ ވާނޭ އެއްޗިއްސެވެ. ތައްޔާރުވާން އުޅޭ ޓޮޕިކާ ބެހޭގޮތުން ތިމާއަށް އެނގޭ އެއްޗެހިތައް ލިޔެ ނޯޓް ކޮށްލާށެވެ. ދެން މި ހުރިހާ މަޢުލޫމާތުތައް ޑައިގްރާމަކަށް ބަދަލުކޮށްލާށެވެ. އެހެނީ، މި މަޢުލޫމާތުތައް ބްރީފްކޮށް ނޯޓު ކޮށްފައި ހުރުމަކީ އިމްތިޙާނު ހަދާ ވަގުތު އަވަހަށް އެ އެއްޗެއް ހަނދާން ކޮށްދޭނެ އުކުޅުތަކެކެވެ.
ކުރީގެ އިމްތިހާނުތަކުގައި ކަންކުރިގޮތް އަލުން ޕްރެކްޓިސް ކުރުން:
އިމްތިހާނަށް ތައްޔާރުވުމުގައި އެއިން އެއްމެ ފާއިދާކުރާނެ އެއް ގޮތަކީ ކުރީގެ އިމްތިހާނުތަކުގައި ކަން ކުރި ގޮތް އަލުން މުރާޖަޢާ ކުރުމެވެ. މީގެ ސަބަބުން ޕޭޕަރުގައި ލިޔަންވާ ގޮތް އަލުން ހަނދާންވާނެއެވެ. އަދި ކޮންމެ ސެކްޝަނަކަށް ހޭދަކުރަންވާ ވަގުތާ މެދު ޔަޤީންކަން އިތުރުވާނެއެވެ.
ޖަވާބުތައް އެހެން ކުދިންނާ ހިއްސާ ކުރުން:
ތިމާއާ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ނުވަތަ ދައްތައެއް ބޭބެއެއް ވަންޏާ އެ މީހުންގެ އެހީ ހޯދައިގެން ޖަވާބުތަައް ހިއްސާކޮށް ހަދާށެވެ. މީގެ ސަބަބުން ތިމާގެ ބޮލުގައިވާ އެހެނިހެން ބޭކާރު ޚިޔާލުތަކާއި ވިސްނުންތައް ސިކުނޑިން ފިލައިދާނެއެވެ. އަދި އާއިލީ އިތުރަށް ގުޅުން ބަދަހިވެ، ކިޔެވުމަށް ލޯބި ޖެހޭނެއެވެ.
އެކުވެރިންނާ އެކު ގްރޫޕް ސްޓަޑީޒްތައް އޯގަނައިޒް ކުރުން:
އެކުވެރިންނާ އެކު ގްރޫޕް ސްޓަޑީ ކުރުމުގެ ސަބަބުން ޚިޔާލު ބަދަލުކުުރުމަށް އެހީވާނެއެވެ. ގްރޫޕް ސްޓަޑީޒް ކުރުމުން ތިމާގެ ޚިޔާލާއި އެކުވެރިންގެ ޚިޔާލުތައް ދެނެގަނެވޭނެއެވެ. ނަމަވެސް ކަނޑައެޅޭ ވަކި ވަގުތެއްގައި ހައްދެއްގެ ތެރެއިން މިކަން ކުރުން މުހިންމެވެ.
އިރުއިރުކޮޅާ ބްރޭކްނެގުން:
އެއްވަގުތެއްގައި މުޅި ދުވާލު ކިޔެވުމަށް ދެންޏާމު، ސިކުނޑިއަށް އެ ހުރިހައި މަޢުލޫމާތު ފަހުމު ކުރަން އުދަނގޫ ދާނެއެވެ. އަދި ގޭތެރޭގައި މާގިނައިން ހުރުމުން އިރުގެ އަލި ތިމާއަށް ލިބުން ދުރެވެ. އިރުގެ އަވި ތިމާއަށް މުހިންމު އެއްޗަކަށްވަނީ އޭގެ ސަބަބުން ތިމާގެ ހަށިގަނޑަށް ވިޓަމިން ޑީ ލިއްބައިދޭތީ އެވެ. ހަނދާން ކުރަން ޖެހޭ އެއްކަމަކީ ރަނގަޅު ސިކުނޑިއަކަށް ވިޓަމިން ޑީ މުހިންމު ކަމެވެ.
އިމްތިހާނުގެ ދުވަހަށް ޕްލޭންކުރުން:
އިމްތިހާނު ފެށުމުގެ ކުރިން ރަނގަޅަށް ޕްލޭންކޮށްގެން ހުރުމަކީ ރަނގަޅު ގޮތެކެވެ. އެގޮތުން ޕޭޕަރު ހެދުމުގެ އެއް ދުވަސްކުރިން ތައްޔާރުވުމުގެ ބަދަލުގައި ކުރިއާލާވައި ގެންނަންވާ ތަކެއްޗިއްސާ އެއްޗެހި ތައްޔާރުކުރާށެވެ. އަދި ފޮތާއި ޤަލަމާއި ފޮހޭ ރަބަރު އަދި ފަރުގާލަފޮށިފަދަ އެއްޗެހި ހަމަތޯ ބަލާށެވެ.
ގިނަގިނައިން ފެން ބުއިން:
އެންމެފަހު ކަމެއްގެ ގޮތުގައި ހައިޑްރޭޓްވެފައިވޭތޯ ބަލައިލާށެވެ. އެހެނީ މުޅި ދުވާލު ގިނަގިނައިން ފެން ބޮއެގެން ހުރުމަކީ ސިކުނޑިއަށް އޭގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ފަސޭހަ ވާނެ ކަމެކެވެެ. އަދި އިމްތިހާނު ހަދާ ވަގުތުގައި ތިމާއަށް އަވަހަށް ވިސްނައިދޭން އެހީވާނެ ކަމެކެވެ.