English Edition
Dhivehi Edition

ލިޔުނީ: ފާތިމަތު މިންހާލް/ ޝަމްސުއްދީން ސްކޫލް

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އައްޑޫ ސިޓީ ޤުރުއާން މުބާރާތުން ރަނގަޅު ކާމިޔާބީއެއް ޝަމްސުއްދީން ސްކޫލްގެ ދަރިވަރުން ހޯދައިފިއެވެ.

12 ޖުލައިގައި ޝަރަފުއްދީން ސްކޫލްގައި ކުރިއަށް ދިޔަ އައްޑޫ ސިޓީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ހަދާނީ ފިލައާއި ތަށި ވަނީ ހަވާލުކޮށްފައެވެ.

ތަފާތު އުމުރުފުރާތަކުން 9 ދަރިވަރަކު ވަނީ މި މުބާރާތުގެ ތަފާތު 9 ވަނައެއް ހާސިލުކޮށްފައެވެ. އެގޮތުން 7 އަރާއި 11 އަހަރާއި އަދި 13 އަހަރުން ދަށުގެ އުމުރުފުރާތަކުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ތަފާތު ވަނަތައް ދަރިވަރުންވަނީ ހާސިލުކޮށްފައެވެ.

އައްޑޫސިޓީގެ 15 ސްކޫލަކުން 279 ދަރިވަރަކު ވަނީ މި މުބާރާތުގައި ބައިވެރިވެ ކިޔަވާފައެވެ. އައްޑޫ ސިޓީ ކައުންސިލުން ހާމަކުރާގޮތުގައި މި މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ތަޖްވީދުގެ ހަމަތަކާއެކު ރީއްޗަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމެވެ.

މިދިޔަ އަހަރުވެސް އައްޑޫ ސިޓީ ޤުރުއާން މުބާރާތުގައި ބައިވެރިވެ، ޝަމްސުއްދީން ސްކޫލްގެ ދަރިވަރުން ވަނީ ރަން ވަނަތަކެއް ހާސިލުކޮށްފައެވެ.