English Edition
Dhivehi Edition
ގެމަނަފުށީ ކައުންސިލް ރައީސް އަބްދުﷲ ޝިޔާން

ހުވަދު އަތޮޅު އުތުރުބުރީގައި މަޝްވަރާ ކުރެވެމުންދާ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗް ގެމަނަފުށީގައި ގާއިމްކުރުމަށް މިދިޔަ އަހަރު އިސްލާމިކް ބޭންކަށް ހުށަހަށާފައި ވާނެކަމަށާއި، މިކަން ކާމިޔާބު ވެގެންދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ގެމަނަފުށީ ކައުންސިލްގެ ރައީސް އަބުދުﷲ ޝިޔާން (ޝިޔާން) ވިދާޅުވެއްޖެއެވެ

“އޭއޯ ނިއުސް” އަށް މަޢުލޫމާތު ދެއްވަމުން ޝިޔާން ވިދާޅުވީ ގެމަނަފުއްޓަކީ މުޅި ހުވަދު އަތޮޅަށް ބެލިކަމުގައި ވިޔަސް އިޤްތިސާދީ ގޮތުން ފާހަގަ ކޮށްލެވޭ ވަރަށް ކުރިއަރާފައިވާ ރަށެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއަތަށް ބެލިކަމުގައި ވިޔަސް މިރަށަކީ ފާހަގަކޮށްލެވޭވަރަށް ގިނަ އަދަދަކަށް މަސްވެރިން ދިރިއުޅެމުން އަންނަ ރަށެއްކަމަށެވެ. އެހެންކަމުން އިޤްތިސާދީ ހަރަކާތްތަށް ގިނަ ފުދުންތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ މި ގެމަނަފުއްޓަށް ފުރިހަމަ ބޭންކެއްގެ ހިދުމަތް މިހާރުން މިހާރަށް ގެންނަން ޖެހިއްޖެ ކަމަށާއި، އޭގެ މަންފާ ކައިރި ރަށްރަށަށް އިންތިހާއަށް ލިބިގެންދާނެކަމަށް ޝިޔާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝިޔާން ވިދާޅުވީ، މިމަސައްކަތުގައި ގެމަނަފުށީ ހުރިހާ ރައްޔިތުންގެ އިތުރުން އަވައްޓެރި ރަށްރަށުގެ އެއްބާރުލުން ލިބެމުންދާކަން އުފަލާއިއެކު ފާހަގަކުރައްވާ ކަމަށެވެ.

މިގޮތުން ނިމިދިޔަ ކައުންސިލް ދައުރުގެ އަތޮޅު ކައުންސިލް ރައީސް އަދި މިހާރުގެ އަތޮޅު ކައުންސިލް ދާންދޫ ދާއިރާގެ މެމްބަރު ހުސެއިން އާދަމް ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކް ގެ ބްރާންޗެއް ގެމަނަފުށީގައި ހުޅުވިގެން ދިޔުމުން އަތޮޅުގެ ހުރިހާ ރައްޔިތުންނަށް މާ ފަހި ބޭންކިންގ ގެ ޙިދުމަތެއް ހުޅުވުނީ ކަމަށާއި، އޭގެ ސަބަބުން އިޤްތިސާދީ އިތުރު މަސައްކަތްތަކަށް ވެސް ދިރުން ލިބިގެންދާނެ ކަމަށެވެ.

ގެމަނަފުށިގައި ބެންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ގެ ހިދުމަތް ފުރަތަމަ ފަހަރަށް ފެށިގެންދިޔައީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުގައެވެ. ނަމަވެސް އެރަށުގެ ގިނައަދަދެއްގެ ރައްޔިތުން ފާހަގަ ކުރާ ގޮތުގައި އޭ.ޓީ.އެމް އެއް ހުރިކަމުގައި ވިޔަސް އެކި ސަބަބުތަކާއި ހުރެ ގިނަ ދުވަސްތަކުގައި ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ބޭންކެއްގެ ބޭނުން އިންތިހާއަށް ބޮޑު ކަމަށެވެ.

ގެމަނަފުށީ ކައުންސިލްގެ މިދައުރު ނިމިގެންދާއިރު ގެމަނަފުއްޓަށް އުމްރާނީ ގޮތުން ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށާއި، މިގޮތުން ފެނާއި ނަރުދަމާގެ ނިޒާމާއި، ގެމަނަފުށީ ސްކޫލްގެ އާ އިމާރާތާއި، ފެނަކަ އާ އިމާރާތުގެ އިތުރުން ގެމަނަފުށީ ބޭރު މަގުގެ މަސައްކަތާއި ގެމަނަފުށީ ރަސްމީ ފާލަމުގެ އިތުރުން ގެމަނަފުށީ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ނިމިގެންދާނެ ކަމަށް ރައީސް ޝިޔާން ވަނީ ފާހަގަކުރައްވަވާފައެވެ.

1 ކޮމެންޓް
Ali havaas
މާޗް 4, 2021
Vilingiyaai ehvaru nuvaane 49 banking facility elhiyas,Tasha Vanna faisaa so abbaadhee nubalaa marumoalun kuraa moya kankan dhw