English Edition
Dhivehi Edition
ނިޒާރު އައްޑޫސިޓީގެ މިހާރުގެ މޭޔަރ ސޯބެ އާއެކު

އައްޑޫގެ ހުރިހާ އަވަށެއް ގުޅާލުމަކީ އައްޑޫ ސިޓީ ރައްޔިތުންގެ ވިސްނުންކަމަށާއި އެކަމުގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގް(ސޯބެ) ވިދާޅުވެއްޖެއެވެ.

May be an image of ‎text that says '‎Abdulla ۔di (Sobe') @SobeAbdulla Fasseyha koh dhathere wayne magaai bridge adhi submerged crossing hadhai Addu hushehei avashah gulhuvumakee afirin Addu meehunge visnun. Fast ferry ei rangalha bahaai monorail himeney bublic transport network akun iraadha kurevvifehey Addu hushehei avashah gulhuwayheh. ADDU INTERGRATE TRANSPORT PROJECT Monorail.connectivity 29 km 4km 13 5km 5km Road (Mona & Monorail Road & Monorail‎'‎

އައްޑޫގެ ތަރައްޤީ އާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ސޯބެ މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފަސޭހަކޮށް ދަތުރުކުރެވޭނެ މަގާއި ބްރިޖު އަދި ސަބްމާރޖްޑް ކްރޮސިން ހަދައި އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލުމަކީ އައްޑޫ މީހުންގެ ވިސްނުންކަމަށެވެ. އަދި ފާސްޓް ފެރީ އާއި ރަނގަޅު ބަހާއި މޮނޮރެއިލް ހިމެނޭ ޕަބްލިކް ޓްރާންސްޕޯޓު ނެޓްވޯކަކުން އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލެވޭނެކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން އައްޑޫ ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގާނެކަމުގެ ޔަގީންކަން ދީފައިވާއިރު ސޯބެ ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުން އައްޑޫ ތަރައްޤީކުރާނެކަމަށެވެ. އަދި މި ޕްރޮޖެކްޓްތަކުގެ އެއްވެސް ޝަކުވާއެއް އޮތްނަމަ ކަންބޮޑުވުންތައް ހިއްސާކުރުމަށްވެސް ސޯބެވަނީ އެދިފައެވެ.