English Edition
Dhivehi Edition
ހއ. ކެލާ - ފޮޓޯ: ސަން

ހއ. ކެލާގައި ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ އެޅުމަށް ބިން ދޫކުރުމަށް އިޢުލާންކޮށްފިއެވެ.

ކެލާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ހއ. ކެލާ ޓޫރިޒަމް ޒޯންގައި ޓޫރިސްޓް ހޮޓަލާއި ގެސްޓްހައުސްތައް ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫޢުގެ ދަށުން ދެ ސިޓީ ހޮޓަލާއި، 12 ގެސްޓްހައުސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނުގައި ވެއެވެ.

މިގޮތުން ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 5،000 އަކަފޫޓާއި 10،000 އަކަފޫޓުގެ ބިމެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 މާރިޗު 2021 ވަނަ ދުވަހުގެ 13:30 ގައި ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ކައުންސިލުން ވަނީ އެދިފައެވެ. ރަޖިސްޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން އިޢުލާނުގައިވާ ލިންކު ނުވަތަ ކިޔުއާރު ކޯޑު ބޭނުންކޮށްގެން ފޯމު ޑައުންލޯޑް ކުރުމަށްފަހު، ފުރިހަމަކޮށްފައިވާ ފޯމު 09 މާރިޗު 2021 ގެ 14:00ގެ ނިޔަލަށް ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.

މި މަސައްކަތަށް ބޭނުންވާ މާލީ އަދި ފަންނީ ޤާބިލްކަން ހުރި ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ ދަޢުވަތު ދީފައެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ 25 މާރިޗު 2021 ވަނަ ދުވަހުގެ 13:00 އެވެ.