English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަކަށް އަރައިފިއެވެ.

އިއްޔެ ވެސް މީދޫ ފްލޫ ކޮލިނިކަށް ދެއްކި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާއިރު މިހާރު އައްޑޫގައި މިބަލީގެ އެކްޓިވް ކޭސް ގެ ގޮތުގައި 39 މީހުން އެބަތިއްބެވެ. މީގެ ތެރެއިން 4 މީހަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ. މިމީހުންގެ ޙާލު “ސްޓޭބަލް” ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ޢާއްމު ކުރި މަޢުލޫމާތު ތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ 18.00 އިން ފެށިގެން ހުކުރު ދުވަހުގެ 18.00 އާއި ހަމަޔަށް 3 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. އެއަދަދާއެކު ބަލިން ރަނގަޅު ވި މީހުންގެ ޖުމްލައަކީ 50އެވެ.