English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރައިފިއެވެ.

މި ކޭސް އާއި އެކު އައްޑޫގައި ކޮވިޑް 19 އަށް ޕޮޒިޓީވް ވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 88 އަށް އަރާފައެވެ. އޭގެ ތެރޭގައި މީދޫން ފެނުނު ރެންޑަމް ދެ ކްލަސްޓަރ ހިމެނެއެވެ. ފުރަތަމަ ކްލަސްޓަރ އިން މިހާތަނަށް 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ އަލަށް ފެނުނު ކްލަސްޓަރގެ ކޭސް އާއި އަދި މިއަދު ގެ ކޭސް އާއެކު މީދޫން މިހާރު މިވަނީ ޖުމްލަ 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހަކީ އިއްޔެ އެރަށު ފުލޫ ކްލިނިކަށް ދެއްކުމުން ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އައްޑޫސިޓީގައި 4 މީހަކަށް ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު ބަލި ޖެހުނު މީހުންގެ ތެރެއިން 47 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.