English Edition
Dhivehi Edition

ގދ.ތިނަދޫގައި ކުޅިވަރު ފޯރިޔާއެކު މިހާރު ކުރިޔަށްދާ އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގެ މެޗުތައް އައިސްޓީވީ އިން ލައިވްކޮށް ދައްކަން ފަށައިފިއެވެ.

މުބާރާތުގެ އޮފިޝަލް ބްރޯޑްކާސްޓިންގ ޕާޓްނާރ އިވެންޓް ކާސްޓުގެ އެހީތެރިކަމާއި އެކު މި މުބާރާތުގެ މެޗުތައް އައިސްޓީވީއިން ލައިވް ކުރަން ފެށީ އިއްޔެއެވެ. މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ރޭތަކުގައި, ރޭގަނޑު 8.30 ހުރިހާ މެޗްތައް އައިސްޓީވީ އިން ލައިވް ކުރަމުން ދާނެއެވެ.

މެޗުތައް ބަލަން ދަނޑަށް ނުދެވުނު ކަމުގައިވިޔަސް ގިނަބަޔަށް ގޭގައި ތިބެގެންވެސް އަދި ރަށުން ބޭރުގައި ތިބެގެންވެސް މެޗްތައް ބެލޭނެގޮތް މިހާރު މިވަނީ ހަމަޖައްސާފައެވެ.

މިމުބާރާތުގައި ތިނަދޫގެ 7 ޓީމް، އަތޮޅުތެރޭގެ 2 ޓީމްގެ އިތުރުން މާލޭގެ ޓީމަކާއެކު، ޖުމްލަ 10 ޓީމް ވާދަކުރަމުންދާއިރު، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ.