English Edition
Dhivehi Edition

ވިހެއުމަކީ އަންހެން މީހާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ. އެހެންކަމުން މިއަންނަ ބަދަލުތަކަށް ހޭނުމާ އެކު ދުޅަހެޔޮ ސިއްޚަތެއްގައި ދެމި ހުރުމަށް ކެއިން ބުއިމަށް ރަނގަޅު ބަދަލުތަކެއް ގެންނަން އެބަ ޖެހެއެވެ.

އެގޮތުން މި ލިޔުމުގައި ހިމަނާލެވިފައިވާނީ ވިހެއުމަށްފަހު ކެއިން ބުއިމަށް ގެނެވިދާނެ ބައެއް ބަދަލުތަކާއި ކެއުމުގައި ހިމަނާލެވިދާނެ ބައެއް ބާވަތްތަކެވެ. މީގެ އިތުރުން ދުވަހުގެ ގަޑިތަކަށް ބަހާލައިގެން ކެއިން ބުއިން ގެންދެވިދާނެ ގޮތްތަކެވެ.

މޭވާ

(މަދުވެގެން 3 އިރު) ކޮންމެ އިރަކު މެދުމިނެއްވަރު މޭވާ ނުވަތަ ބަތްޖޯޑަކަށް ކޮށާފައި އިން ތާޒާ މޭވާ ނުވަތަ ތާޒާ މޭވާ ފަނި.

ތަރުކާރީ

(މަދުވެގެން 3 އިރު) ކޮންމެ އިރަކަށް 1 ޖޯޑެއްގެ މެދުމިނުގެ ފެހިކަން ގަދަ ފަތް ނުވަތަ ބަތް ޖޯޑެއް މިނުގެ ކޮށާފައި އިން ކެއްކި ތަރުކާރީ.

ކިރުގެ ބާވަތް

ކޮންމެ އިރަކު 1 ޖޯޑެއްހާމިނުގެ ކިރު ނުވަތަ ޔޯގަޓް، އެހެންނޫނީ 2/1 އައުންސް ޗީޒް (ގާތްގަޑަކަށް އަތުގެ ބޮޑުވާ އިގިލިން ނެގޭ ވަރުގެ މިންވަރެއް)

ލީން ޕްރޮޓީން

(މަދުވެގެން 3 އިރު) ކޮންމެ އިރަކު 1 އައުންސްގެ ބަދަން (އަތް ގޮށްޓެއްގެ ބައި މިނެއް ހާ މިނުގެ) 2 މޭޒުމަތީ ސަމުސާ ޕީނަޓް ބަޓަރ، މަސް) ނުވަތަ 2/1 ޖޯޑު ތޮޅި (ބީންސް).

(ހޯލް ގްރެއިންސް)

(މަދުވެގެން 4 އިރު) ކޮންމެ އިރަކު 1 ފޮތި ޕާން ނުވަތަ ޖޯޑެއްގެ 3/1 ހާ މިނުގެ ބަތް.

ހެދުނުގެ ނާސްތާ

ހޯލް ގްރެއިންސް ބާވަތެއް(ޕާން) ސްކިލްމްޑް ކިރު ނުވަތަ ލޯފެޓް – ކިރާއި އަދި މޭވާ ކޮޅަކާއި އެކު.

ޕީނަޓް ބަޓަރ، ދޮންކެޔޮވައްކަކާއި ސޭންޑްވިޗް އަކާއި އެކު.

ފެނުކެއްކި ބިހަކާއި، ބްރައުންޑް ބްރެޑް އަދި މޭވާ ކޮޅެއް.

ލޯފެޓް ޔޯގަޓްއާއި ތާޒާ މޭވާ ފަނި ތައްޓެއް.

ބްރައުންޑް ބްރެޑް އިން ތައްޔާރު ކުރެވިފައިވާ ސޭންޑްވިޗް އެއް ޗީޒް ފޮއްތަކާއި އެކު މޭވާ ކޮޅެއް ނުވަތަ ތާޒާ މޭވާ ފަނިތައްޓެއް.

މެންދުރު، އަދި ރޭގަނޑު

ލެޓިއުސްއާއި ތަރުކާރީ ނުވަތަ މަސްކޮޅަކުން ތައްޔާރު ކުރެވިފައިވާ ސްލެޑް ކޮޅެއް.

ތާޒާ ތަރުކާރީ، މަސް ނުވަތަ ކުކުޅު އަޅައިގެން ތައްޔާރު ކުރެވިފައިވާ ޕާސްތާ

އިތުރު ކެއުން

ބަދަން (ހިކި މޭބިސްކަދުރު) މެދުމިންވަރަކަށް.

މޭވާކޮޅެއް.

ލޯފެޓް ޔޯގަޓް

އެއް ދުވަހުގެ ކެއުމުގެ ތާވަލެއް

ހެދުނުގެ ނާސްތާ

ސޭންޑްވިޗް، ޖޫސް، ފެނުކެއްކި ބިހެއް.

އިތުރަށް މޭވާފަނި ހަކުރު މަދުން އަޅައިގެން.

މެންދުރު

ތޮޅިއާއި ، ތަރުކާރީ ކުކުޅު ނުވަތަ މަސްއަޅައިގެން ތައްޔާރު ކުރެވިފައިވާ ޕާސްތާކޮޅެއް ޖޫހާއި އެކު.

ރޭގަނޑު

ތޮޅިއާއި ތަރުކާރީ އާއި އެކު ބަތްކޮޅެއް ނުވަތަ ސްލެޑް މަހާއި އެކު.

  • ކޮންމެ ދެދުވަހުން ނުވަތަ 3 ދުވަހުން އެއްއިރު އެންމެ ކާހިއްވާ ޒާތުގެ ކާނާއެއް ކެވިދާނެ.