English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި ފަޤީރުންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން, އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާކޮށްފިއެވެ..

މިއަދު ހެނދުނު އޮންލައިންކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމުގައި، އައްޑޫގެ ފަޤީރުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ސޯޝަލް ސަރވިސް ސެކްޝަނުންނާއި، ހުރިހާ އަވަށު އޮފީސްތަކުން ކުރަމުންގެންދާކަމަށް މޭޔަރުވަނީ ވިދާޅުވެފައެވެ. އަދި ފަޤީރުންގެ ދަފުތަރު އެކުލަވާލުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލަމުން މޭޔަރި ވިދާޅުވީ، ލިސްޓުގައި ނަން ނުހިމެނޭ ފަރާތްތަކުގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް އުޞޫލުގެ ތެރެއިން ކަންތައްތައް އޮންނަ ގޮތް ކިޔައިދިނުމުން ރައްޔިތުން އެކަންކަން ޤަބޫލުކުރާކަމަށްވެސް މޭޔަރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މޮނިޓަރިންގެ ޙާލަތުގައI އޮތްނަމަވެސް، 21 ފެބުރުވަރީ 2021 ވަނަ ދުވަހުން ފެށިގެން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ މަސައްކަތް ފަށާނެ ކަމަށް މޭޔަރުވަނީ ވިދާޅުވެފައެވެ. އަދި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި މި މަސައްކަތް ނިންމާ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާނެކަމުގެ ޔަޤީންކަންވެސް މޭޔަރު ވަނީ ދެއްވައިފައެވެ.

އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އިސްލާމިކް މިނިސްޓަރ، ޑރ. އަޙުމަދު ޒާހިރު ޢަލީ އާއި ސްޓޭޓް މިނިސްޓަރ، ޝެއިޚް އިލްޔާސް ޖަމާލްގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބައެއް އޮފިޝަލުން ބައިވެރިވި މި ބައްދަލުވުމުގައި މޭޔަރ ވަނީ އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޙާލަތު މިހާރު އޮތް ހާލަތު ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން، މިނިސްޓްރީގެ މިސްކިތު ފަންޑުން ރަމަޟާން މަހާއި ދިމާކޮށް އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައެވެ.

 

1 ކޮމެންޓް
އަލީޝަމީމް އައިޑީ ނަމްބަރ A016325
ފެބުރުއަރީ 18, 2021
ކުރީސަރުކާރުން ވެސް މިސަރުކާރުން ވެސް ބުނީ މަޝަކީ މުންސެއްޖެކޯ ތިބޭފުޅުން މިގެއަތް ޒިޔާރަށް ކޮއް ބަލާލަ