English Edition
Dhivehi Edition

ދަރްމަންގެ އުފެއްދުން ތަކުގައި އެކްޓަރެއްގެ ރޯލު އަދާކުރަމުން އަންނަ އުމުރުން 64 އަހަރުގެ ކާލް ޖޫޑީގެ ސިއްޙީ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި އޭނާ މަރުވެއްޖެ ކަން ދަރުމަން ކަށަވަރުކޮށްދީފިއެވެ.

ކާލް މަރުވެއްޖެކަން ހާމަކުރަމުން ދަރުމަން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނެފައިވަނީ، މިވާހަކަ ދައްކަން އޭނައަށް މިވަގުތު ވަރަށް ދަތިކަމަށެވެ. “ކާލްގެ މަސައްކަތުން މިއަދު ކާލްދެކެ ލޯބިވާ އެތައްބަޔަކު އެބަތިބި. އަދި ކާލްގެ މަސައްކަތުން އިބުރަތްލިބިގަތް އެތައްބަޔަކު މިއަދު ދުނިޔޭގައި އެބަތިބި. ދަރްމަންގެ އަސަރުގަދަ ޕޯސްޓުގައި ލިޔެފައިވެއެވެ.

ދަރުމަން އިތުރަށް ބުނީ ކާލް ކޯމާގައި އޮވެފައި ކުޑަވަގުތުކޮޅަކަށް ހޭޖެހުމުން ވީޑިއޯ މެދުވެރިކޮށް އޭނަގެ އަނބިމީހާގެ ލަވަކިޔައިދީ ކާލްގެ ފޭނުން ފޮނުވާފައިވާ މެސެޖްތައް ކިޔައިދިންކަމަށެވެ. އަދި ކާލް އެ މެސެޖްތައް އަޑުއެހުމަށްފަހު ހިނިތުންވެލިކަމަށެވެ. އެއަށްފަހު ކާލްގެ ހާލަތު އަނެއްކާވެސް ގޯސްވެ ކޯމާއަށް ދިޔައީކަމަށެވެ.

މީގެ ހަފްތާއެއްކުރިން ކާލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާކަން ދަރުމަންވަނީ ފޭނުންނާ ހިއްސާކޮށްފައެވެ. ކާލް މަރުވީ އޭނާ އަށް ކޮވިޑް19 ޖެހި ފަރުވާ ދެމުންދަނިކޮށް ކޯމާއެއްގައިއޮވެ ހާލަތު އިތުރަށް ރަނގަޅުނުވެއެވެ.

ދަރްމަން އަކީ ދިރިއުޅުމުގައި ދިމަވާ އެކިއެކި ކަންތައްތަކަށް ނިސްބަތްކޮށް މީހުން ހޭލުންތެރިކުރުމަށް ތަފާތު އެކި އެކި ވީޑިއޯ އުފައްދައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގްބޫލުވެފައި މީހެކެވެ. އަދި އޭނާގެ ވީޑިއޯތަކުގެ ފުރިހަމަ ކަމާއި އޭގެން ލިބޭއިބްރަތްތައް ބަލައި ދުނިޔޭގެ އެންމެންގެ މެދުގައިވެސް އެވީޑިއޯތައް ވަރަށް މަޝްހޫރެވެ.

ދަރްމަންގެ ސޯޝަލްމީޑިއަގައި 36 މިލިއަން ފޮލޯވަރުން ތިބި އިރު އޭނަގެ އުފެއްދުން ތަކަކީ މިހާރު ސޯޝަލްމީޑިއާގައި އެންމެ ގިނަ ވިއުސް ލިބިފައިވާ އުފެއްދުންތަކެވެ. އޭނަގެ ކޮންމެ ވީޑިއޯއަކަށް 14 ބިލިއަން ވިއުސް ލިބިފައި ވެއެވެ.