English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕްރިމިއަ ލީގުގެ ކުލަބުތަކުގެ ތެރެއިން ލިވަޕޫލް އެއްވަރު ވިއިރު މެންޗެސްޓަރ ސިޓީ އާއި ޓޮޓެންހަމް މޮޅު ވެއްޖެއެވެ.

ޓޮޓެންހަމްގެ ހޯމް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވެސް އެޓީމުންނެވެ. މެޗުގެ 4 ވަނަ މިނެޓުގައި ޓީމަށް ލީޑް ހޯދައިދިނީ އެޓީމުގެ ސަން އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ 11 ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
މެޗުގައި ދެވަނަ ފަހަރަށް ޓޮޓެންހަމަށް ލީޑް ހޯދައިދިނީ ހެރީ ކޭން އެވެ. އޭނާ މެޗުގެ 15 ވަނަ މިނެޓުގައި ޖެހި ލަނޑާއެކު ޓީމަށް ލީޑް ހޯދައިދީފައިވާއިރު އޭނާ ވަނީ މެޗުގެ 60 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ލީޑް ފުޅާ ކޮށްފައެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސެވިއާއިންނެވެ. އެޓީމުގެ ވިސާމް 5 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ޓީމަށް ލީޑް ހޯދައިދިން ކަމުގައި ވީނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ލިވަޕޫލުގެ ފިރްމީނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ މާގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ
މެޗުގެ ފުރަތަމަ ހާފް ނިމެން ވަރަށް ކައިރިވެފައިވަނިކޮށް ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ކަމުގައި ވީނަމަވެސް އެޓީމުގެ ފިރްމީނޯއަށް އެ ޕަލްޓީ ގޯލުގެ ތެރެއަށް ވައްދައެއް ނުލެވުނެވ
މެޗުގެ ފުރަތަމަ ހާފް ނިންމާލީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެއެވ
ދެވަނަ ހާފްގެ ކުޅުން ފަށާ ލިވަޕޫލުން ކުޅެމުން ދިޔައީ ވަރަށް ޑިފެންސިވް ކޮށެވެ. ނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި ސެވިއާގެ ޖޯކުއން ވަނީ ލަނޑެއް ޖަހާ ލިވަޕޫލް މެޗުން މޮޅުވިޔަނުދީ ހިފަހައްޓާފައެވެ.