English Edition
Dhivehi Edition
ފޮޓޯ: ތޮލާލް މުހައްމަދު

އައްޑޫ ސިޓީން އިތުރު ހަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މި ހަ މީހުންނަކީ އައްޑޫ ސިޓީ ގަމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންގ އާ ގުޅުންހުރި ކްލަސްޓަރ އަށް ނިސްބަތްވާ މީހުންނެވެ.

އައްޑޫ އެމަރޖެންށީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިން ހާމަކުރާ ގޮތުގައި މިއަދު 08:00 އާއި ހަމައަށް އޭވިއޭޝަން ކްލަސްޓަރގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 310 ފަރާތެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި 306 ދިވެހިންނާއި، 04 ބިދޭސީން ހިމެނެއެވެ.

މިއާއެކު އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 55 އަށް އަރައިފައެވެ. މީގެ ތެރޭގައި އޭވިއޭޝަން ކްލަސްޓަރގައި ހިމެނޭ 28 މީހުންނާއި، ހުޅުމީދޫ އެމްޓީސީސީ ކްލަސްޓަރ އާ ގުޅުންހުރި 26 ފަރާތުގެ އިތުރުން ދުބާއިން އައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހާވެސް ހިމެނެއެވެ.

އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އެކަކަށެވެ.