English Edition
Dhivehi Edition

އޭވިއޭޝަން ކޮމާންޑުގެ ފަރާތުން ސ. ގަމުގައި ބޭއްވި ޓްރެއިނިންގ އަށް ދިޔަ އަންހެން ކުއްޖާއަކީ ޓެސްޓް ހަދައިގެން ދިޔަ ކުއްޖެއް ނޫން ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު (ދޮނޭ) ވިދާޅުވެއްޖެއެވެ.

މިއަދު ފޭސްބުކްގައި ޢާއްމުކުރި ޕޯސްޓެއްގައި އަމްޖަދް ވިދާޅުވީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިގު (ސޯބެ) ދެއްކެވި ވާހަކަތަކާއި ދެކޮޅަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެރެފައިވާ ބަޔާނަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި ސޯބެ ދެއްކެވީ ރަނގަޅު ވާހަކަތަކެއް ކަމަށާއި އައްޑޫސިޓީއަށް ޓްރެއިނިންގ އަށް ދިޔަ މުވައްޒިފަކީ ޓެސްޓް ހަދައިގެން ދިޔަ މުވައްޒިފެއް ނޫން ކަމަށާއި އެ މުވައްޒަފު އައްޑޫއަށް ފުރި އިރުވެސް އޭނާ ދިރިއުޅޭ ގޭގައި ކޮވިޑް ކޭސް އެއް އޮތް ކަމަށް ވެސް އަމްޖަދުގެ މި ޕޯސްޓުގައި ބުނެފައި ވެއެވެ.

މިމޭރުމުން އަމްޖަދު ވާހަކަފުޅުދައްކަވާފައިވާ ނަމަވެސް މޭޔަރ ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، މި ބަލި އައްޑޫސިޓީއަށް އައި ކަމަށް ލަފާކުރެވެނީ އެ ޓްރެއިނިންގ އަށް ދިޔަ ޓްރެއިނަރުންގެ ފަރާތުން ކަމަށެވެ. އެއްވެސް ވަރަކަށް އެ ޓްރެއިނަރުން އައްޑޫސިޓީއަށް ދިޔައީ ޓެސްޓު ހަދައިގެން ނޫން ކަމަކަށް މޭޔަރ ވިދާޅުވެފައެއް ނުވެއެވެ.

އެކި ނޫސްތަކުން މޭޔަރުގެ ވާހަކަ އެކިގޮތަށް މާނަކޮށްގެން ނެރެމުން ދިޔަ ހަބަރުތަކާއި ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން 06 ފެބްރުއަރީ ގައި ނެރުނު ނޫސްބަޔާނުގައި އެ ކޮމާންޑުގެ ޓްރެއިނިންގ ޔުނިޓްގެ 02 މުވައްޒަފުން، އައްޑޫސިޓީގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގ އަށް ގޮސްފައިވަނީ އެޗް.ޕީ.އޭ ގެ ގައިޑްލައިން އާއި އެއްގޮތަށް ޕީ.ސީ.އާރް ޓެސްޓް ހަދާ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި މުވައްޒަފުންގެ ފަރާތުން މި ބަލި ފެތުރުނުކަމަށް ތުހުމަތު ކޮށް ޚަބަރު ފަތުރާފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމުގައި އެ ނޫސްބަޔާނުގައި ވެއެވެ.

8 ކޮމެންޓް
ސަރުކާނު
ފެބުރުއަރީ 15, 2021
ދެރަ ކަމުގެ ކޮޅެއްނެތެވެ. އަޅުގަޑުމެންގެ ކޮއްކޮ ކޮވިޑް ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވެގެން 5 ދުވަސް ކޮށްފަ ޓެސްޓްހދިއިރު ނެގެޓިވްއެވެ. ނަމަވެސް 14 ދުވަސް ނުވާތީ އޮފީހަށް ދާން އެޗްޕީއޭ ހުއްދައެއް ނެތެވެ. އަނެއްކާ 10 ދުވަސްކޮށްފަ ޓެސްޓް ހަދަން ވީއެވެ. އަނެއްބަޔަކު ރަށުތެރޭ 80 ޕަސެންޓް ހޯދަން މަރުދެނީއެވެ. ރައްޔިތުންނަށް ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. އިންތިޚާބު ކާމިޔާބު ކުރެވިއްޖިއްޔާ އެ ނިމުނީއެވެ. ވަރުވާއަށް ފަޅުރަށެއް ލިބުން ފަދަވާނެއެވެ.
ޙަސަނާ
ފެބުރުއަރީ 12, 2021
ޕީ ޖީ ހަނު ދެފުއްކެހެރި ޕުރައިވެޓް ކުންފުނިތަކަށް ސުމޯޓޯ
Mohamed
ފެބުރުއަރީ 10, 2021
Addu naasi geyakahtha amanje gendhiyaee. Addu hurihaa firihen verin Covid ah positive vaan.
އާނު
ފެބުރުއަރީ 9, 2021
ޓެސްޓް ނަހަދާ ވަހަކއެއް ނޫން، ޓެސްޓް ހެދިފަހުން ފުރުމުގެ ކުރިންވެސް ކޮވިޑަށް ޕޮސިޓިވް ވެދާނެ، އޭނަގެ މަންމައާއި ބައްޕަވެސް ތިބީ ކޯވިޑަށްޕޮސިޓިވް ވެފަ އޭރުވެސް، އެހެންވީމަ އެޙާލަތުގައި ހުރި މީހަކު ރަށަކަށް އައްނާނީ ނުވަތަ ފޮނުވާނީ ކޮވިޑް އެރަށަކަށް ފަތުރަންކަން ޔަޤީން، އަސްލު މިއީ ހަމަ ގެނެސް އަޅާލި އެއްޗެއް
Dhoney
ފެބުރުއަރީ 9, 2021
Mashooru vaan ulhunas thee bodu varu
ސައިމަލާ
ފެބުރުއަރީ 9, 2021
ވިސްނައި ފިކުރުކޮށްފެލެއު. ކޮވިޑް ކޭސްއަށް އެގޭ އޮތްވޭލެއި ޓެސްޓަށް ނިހަދުވައި އައްޑޫއަށް ގޮސް އެރެނެމެއި އެއިން ދޭހަވެނީ ކޮން ކަމަށް؟ އިންސާނިއްޔަތު ކަމަސް ނެތް. ގޮތައް ފޮތަކަސް ނެތް. މަ ގަބޫލުކެރާގޮތެ ތެޔެއި ދޭތެރޭ ފިޔަވަޅަ އެޑާއްޖެހޭހެއް.
Aminath
ފެބުރުއަރީ 9, 2021
then ethanah dhiya firihenverin e anhenmeehaage beynun heyogothuga kureeyo.
އައްޑޫ
ފެބުރުއަރީ 9, 2021
ހަމަ އެ ފަލަ އަންހެން މީހާ ކޮވިޑާ ގިނައި