English Edition
Dhivehi Edition
މިރޭ މާމެންދޫގައި ހިނގި މާރާމާރީގައި ނިޔާވި އަޙްމަދު އުދައްޔު

މިރޭ މާމެންދޫގައި ހިނގާދިޔަ ލާއިންސާނީ ލޭ އޮހޮރުވުން ތަޙުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ގއ. އަތޮޅާއި ކައިރި ހިސާބުތަކުގައި ތިއްބެވި އޮފިސަރުން މާމެންދޫގައި ހިންގާ ތަޙުގީގަށް ދޫކުރެވިފައިވާ އިރު ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރިއަށް ގެންދަވާ މި ތަޙުގީގުގައި ހިމެނޭ އިތުރު ޓީމެއް ވަރަށް އަވަހަށް މާމެންދޫއަށް ދާނެ ކަމަށް ޕޮލިސް ކޮމިޝަނަރ ޙަމީދު ވިދާޅުވިއެވެ.

ޓުވިޓާ މެދުވެރިކޮށް ދެއްވި މެސެޖްގައި މި ހިނގަމުންދާ ތަޙުގީގަށް މާމެންދޫގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދިވަޑައިގެންފައި ވެއެވެ.

މިރޭ މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީއެއްގައި ގއ. މާމެންދޫ ލިލީއޮފް ދަ ވެލީ އުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު ވަނީ ވަޅިން ހަމަލާދީ މަރާލާފައެވެ. މިމާރާމާރީގައި އުދައްޔު މަރުވީ ސީރިއަސް ޒަޚަމް ތަކަކާއެކު ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.. މި މާރާމާރީގައި ޒަޚަމް ވި އިތުރު މީހަކަށް މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

1 ކޮމެންޓް
Insaafu
ފެބުރުއަރީ 10, 2021
Ge akun vakkan kuriyass 10 dhuvass jahane. Faalhukan bodkoh meehaku aniyaaverikoh maraaleemavess mi jehee10 dhuvass. Kon insaafe tho libaynee. Mi kamuge feshun mi othee fennan..