English Edition
Dhivehi Edition

ޗެމްޕިއަންސް ލީގު ގްރޫޕު ސްޓޭޖުގައި ފްރާންސްގެ ޕީއެސްޖީން ސްކޮޓްލޭންޑް ސެލްޓިކް ބައްދަލު ކުރި މެޗު 5-0 ލަނޑުން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުގައި ޕީއެސްޖީއިން 5 ލަނޑު ޖަހާފައިވާއިރު މީގެ ތެރެއިން ދެ ލަނޑު ޕީއެސްޖީއަށް އެޑިންސަން ކަވާނީ ކާމިޔާބުކޮށްދީފައިވާއިރު، ޕީއެސްޖީގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދީފައިވަނީ ނޭމާ، ކޭލިއަމް އަދި ދާދިފަހުން ފްރާންސްގެ މޮނާކޯއިން ޕީއެސްޖީ އާއި ގުޅުނު އެމްބަޕޭއެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ކަވާނީ ޖެހި ދެ ގޯލާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.އަދި މި ސީޒަންގައި ޔޫރަޕްގެ އެންމެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓު ހާސިލު ކުރާނެ ކަމަށް ބެލެވެނީވެސް ކަވަނީއެވެ.

ރޭގެ މެޗުގައި 18 އަހަރުގެ ޒުވާން ފޯވާޑް އެމްބާޕޭ ޖެހި ގޯލާއެކު އޭނާ ހިމެނިގެންދިޔައީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ތަފާތު ދެ ކުލަބަކަށް ލަނޑު ޖަހައިދިން ފުރަތަމަ ޓީނޭޖް ކުޅުންތެރިޔާ އަށެވެ.

ރޭގެ ބައްޔާއެކު 2013ގެ ފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެޗަކުން މޮޅުނުވެ ސެލްޓިކް އިން 20 މެޗު ފުރިހަމަކޮށްފައިވާއިރު މުބާރާތުގައި ވަނީ ބައިކޮޅަށް 48 ލަނޑު ވަދެފައެވެ.

ގްރޫޕް ބީގައި ޕީއެސްޖީ އާއި އެއް ގުރޫޕެއްގައި ހިމެނޭ ޖަރުމަންގެ ބަޔާން މިއުނިކުން ރޭ ވަނީ ބެލްޖިއަމްގެ އަންޑަލެކްޓްގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

މިރޭ ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖްގައި ފޯރިގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ލިވަޕޫލް-ސެވިޔާ އަދި ޓޮޓެންހަމް-ބޮރޫޝިއާ ޑޯޓްމަންޑު ބައްދަލު ކުރާ މެޗެ އާއި އެންމެ ފަހުގެ ޗެމްޕިއަން ރިއާލްމެޑްރިޑް ބައްދަލު ކުރާ މެޗުހިމެނެއެވެ.