English Edition
Dhivehi Edition

ކޮވިޑް-19ގެ ބަލިމަޑުން އަރައިގަތުމަށްޓަކައި ގައުމީ ފެންވަރުގައި ފަށާފައިވާ ވެކްސިން ދިނުމުގެ ކެމްޕެއިންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ޕޮލިސް މެޑިކަލް ސަރވިސްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަށާފައިވަނީ އިސްކަންދަރު ކޮށީގައި މިއަދުއެވެ. ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ކޮންމެ މުވައްޒަފަކަށްވެސް ވެކްސިން ޖެހުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިއަދުގެ މިހާތަނަށް، ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 240 އަށްވުރެ ގިނަ މުވައްޒަފަކު ފުރިހަމަކޮށްފައިވެއެވެ.