English Edition
Dhivehi Edition
ސަދަން ޓްރާންސްޕޯޓް ލިންކް ފޭދޫ އޮފީސް - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީ ހުޅުމީދޫ މޮނިޓަރިންގެ ޙާލަތަށް ގެނައުމާއި ގުޅިގެން، ހިތަދޫގައި ތާށިވެފައި ތިބި ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހިތަދޫ ސޯޝަލް ސަޕޯޓް ޑެސްކަށް ފޮނުވުމަށް އެދިއްޖެއެވެ.

އެގޮތުން ހިތަދޫ އެސްއެސްޑީން ވަނީ ތާށިވެފައި ތިބި ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ ފަރާތްތަކުން އެކަން އެސްއެސްޑީ އަށް ވީ އެންމެ އަވަހަކަށް ހިއްސާކޮށްދެއްވުމަށް އެދިފައެވެ.

ހިތަދޫ އެސްއެސްޑީން ހާމަކުރާ ގޮތުގައި ސަދަން ޓްރާންސްޕޯޓް ލިމިޓެޑް (އެސްޓީއެލް)ގެ ފެރީ ފޭދޫ ބަނދަރުން ފުރުމަށް ހަމަޖެހިފައި ވަނީ މިއަދު 16:00 ގައެވެ.

އައްޑޫ ސިޓީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ އަވަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހިތަދޫން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މުޅި އައްޑޫ ސިޓީވެސް ވަނީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.