English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ހަރަކާތްތެރިވާނެ ވޮލެންޓިއަރުން ހޯދުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް(އޭއީއެޗް) އިން އިއުލާންކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާކަމަށެވެ. ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގެގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބްރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ސީވީ އާއި އެކު އެކަމަށް އެދި އޭއީއެޗަށް ސިޓީ ހުށަހެޅުމަށް އެ ހޮސްޕިޓަލުންވަނީ އެދިފައެވެ. މީގެއިތުރުން ހޮސްޕިޓަލުގެ އީމެއިލް [email protected] އަށް ފޮނުވާ ސިޓީ އަދި ސިވީ ވެސް ބަލައިގަންނާނެކަމަށް އޭއީއެޗްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭއީއެޗް އިން ބުނީ ވޮލެންޓިއަރުންގެ ގޮތުގައި ނެގޭ ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދެވޭނެކަމަށެވެ. އަދި މިކަމާއި ގުޅޭއިތުރު މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުން [email protected] އަށް އީމެއިލް ނުވަތަ ފޯން 6885046 އަށް ގުޅުމަށް ހޮސްޕިޓަލުންވަނީ އެދިފައެވެ.