English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނިންމި ނިންމުން މުރާޖާކޮށްދޭން އެދިއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އާއިލާގެ ފަރާތުން އެދުނީ އިއްޔެގައެވެ.

ގާސިމްގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ މި ނިންމުން މުރާޖައާ ކޮށް ދިނުމަށް އެދިފައިވާނެ ކަމަށާއި، ގާސިމަށް ސިނަގަޕޫރުން ދީފައިވާ ސިއްހީ ލިއުންތައް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

ގާސިމަށް ސިންގަޕޫރުން ފަރުވާ ހޯއްދެވުމަށް ދީފައިވާ މުއްދަތު މި ހަފުތާގެ ނިޔަލަށް ހަމަވާއިރު ، ގާސިމްގެ ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް ސޮއިކުރައްވައި ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކަރެކްޝަނަށް ވަނީ ސިޓީފޮނުވާފައެވެ. މި ސިޓީގައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އަދި ގާސިމްގެ ބޭސްފަރުވާގެ ކަންކަން ކުރަމުންދާ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާގެ ޑޮކްޓަރުން ގާސިމް އަށް ލަފާދީފައިވަނީ ކޮރޮނަރީ އެންޖިއޯގްރާމް ކޮރޮނަރީ އެންޖީއޯޕްލާސްޓީ ހެދުމަށްކަމަށާއި އެއަށްފަހު ހިތުގެ ހާލަތު ގާތުން ބައްލަވަން ޖެހޭއިރު އެކަމަށް ތިން މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށާއި އެ ކަމަށް ފުރުސަތު ދިނުމަށް ގާސިމްގެ ފަރާތުން ކަރެކްޝަނުގައި ވަނީ އެދިފައެވެ.

އެ ސިޓީއާއެކު ޑޮކްޓަރުގެ ލިޔުމުގެ ކޮޕީ ވެސް ވަނީ ހުށަހަޅާފަ އެވެ.

އައިޖީއެމްއެޗުން ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާގެ މައްޗަށް ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ހުކުމެއް ކުރިއިރު، ގާސިމްގެ ޖަލު ހުކުމް، ގޭ ބަންދުގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ފަހުން ވަނީ ނިންމައިފަ އެވެ.