English Edition
Dhivehi Edition

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް އެމްޑީޕީއަށް ފޮނުވި ސިޓީއަކީ ސައްޙަ ސިޓީއެއްތޯ ސާފުކޮށްދިނުމަށް އެދި އެމްޑީޕީން، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ސޮއިކުރައްވާ ރައީސް މައުމޫނު އަބްދުއްޤައްޔޫމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕީޕީއެމްގެ ނަމުގައި “ޑރ. އަބްދުﷲ ހަލީލް” މިނަން ޖައްސަވައި، ސޮއި ކުރައްވާފައިވާ ސިޓީއެއް އެމްޑީޕީއަށް ފޮނުވާފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދެއްވުން އެދޭކަމަށެވެ. އަދި މި ސިޓީގައި އަބްދުﷲ ހަލީލް ސޮއިކުރައްވާފައިވާނަމަ ސޮއިކުރައްވާފައި ވަނީ ކޮން ހައިސިއްޔަތަކުންކަން ސާފުކޮށްދެއްވުމަށް އެދޭކަމަށް އެމްޑީޕީއިން ފޮނުވި ސިޓީގައިވަނީ ބުނެފައެވ.ެ

ޑރ. ހަލީލަކީ ކޮންބޭފުޅެއްކަން ސާފުކޮށް ދެއްވުމަށް އެދި އެމްޑީޕީން ރައީސް މައުމޫނަށް ސިޓީއެއް ފޮނުވިއިރު، ޑރ. ހަލީލް ސޮއިކޮށް އެމްޑީޕީއަށް އިއްޔެވަނީ ސިޓީއެއް ފޮނުވާފައެވެ. އެމްޑީޕީއަށް ފޮނުވާފައި ސިޓީގައި ބުނެފައިވަނީ އެ ޕާޓީ އިސްވެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ޕީޕީއެމްގެ ނަން ބޭނުންކޮށްފައިވާތީ އެ ނަން ބަޔާނުން އުނިކޮށް ދިނުމަށް އެދޭކަމަށެވެެ. އަދި އަންގާރަ ދުވަހުގެ 3:00ގެ ކުރިން ނަން އަނބުރާ ނުނަގައިފިނަމަ ފިޔަވަޅު އަޅާނެކަމަށް ޕީޕީއެމްގެ ސިޓީގައިވަނީ ބަޔާންކޮށްފައެވެ.ޕީޕީއެމްގެ ނަން ބޭނުންކުރި މައްސަލަ ބަލައި ދިނުމަށް އެދި ޕީޕީއެމުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ